ދިރާގަށް ސިޔާސީ ނުފޫޒު ނުފޯރަނީ އެ ކުންފުނި ޕްރައިވެޓައިޒްކޮށް ސަރުކާރުގެ މެޖޯރިޓީ ނެތުމުން ކަމަށާއި، އެ ކުންފުނީގެ ހިއްސާ ސަރުކާރުން އަލުން ގަތުމަކީ ބޭކާރު ހަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ދިރާގުގެ ހިއްސާ އިތުރުކުރުމަކީ ދައުލަތުގެ ހަރުމުދާ އިތުރުކޮށް ރައްޔިތުންގެ ހެވާއި ލާބައަށް ކުރައްވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވީ، ރާއްޖޭގައި ފައިދާވާ އަދި ސިޔާސީ ބޭނުންތަކަށް ބޭނުންނުކުރާ ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށެވެ. އަދި އާންމުކޮށް ސަރުކާރު ކުންފުނިތަކަކީ ނުބައްދަލު މިންވަރަށް މުވައްޒަފުން ނަގައި ކޮރަޕްޝަން ހިންގާ ތަންތަން ކަމަށްވާތީ، ދިރާގުގެ މެޖޯރިޓީ އަލުން ހޯދަން އުޅުމަކީ ބޭކާރު ހަރަދެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިރާގު އެންމެ ފުރަތަމަ އުފެދުނީ ސަރުކާރުގެ 55 ޕަސެންޓު އަދި އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސްގެ 45 ޕަސެންޓު ހިއްސާއާއެކުގަ އެވެ. ނަމަވެސް 2009 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ހިއްސާގެ ތެރެއިން ހަތް ޕަސެންޓު 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުން ސަރުކާރުގެ ހިއްސާ 48 ޕަސެންޓަށް ދަށްވި އެވެ. އޭގެ ފަހުން 2011 ގައި އިތުރު 6.2 ޕަސެންޓު އާންމުންނަށް ވިއްކައި، ދިރާގު ވަނީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ.
ރައީސްގެ ޕްރެސްއިން މީޑިއާތައް ބާކީކުރުމުން އެމްޖޭއޭގެ ނުރުހުން
ރެއިލިން ހަރުކުރަން ހުޅުވައިލުމުން 497 ފްލެޓުން އެދިއްޖެ
ހުރިހާ ދިވެހީންނަށް ހިއްސާ ލިބޭ ރިސޯޓު އަޅަނީ