މިދިޔަ އަހަރު އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވުމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފަކު ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.
މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރަން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލުން އެގޮތަށް ނިންމީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ބައިވެރިވުމުން އާރުޑީސީން އެ މުވައްޒަފު ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުންނެވެ.
ޓްރައިބިއުނަލްގެ ރައީސް ކަމަށް ސަރުކާރުން ދާދިފަހުން އައްޔަންކުރި އަޖްމަދު މުސްތަފާ ނިންމެވި އެ ނިންމުމުގައިވަނީ އެމްޑީޕީގެ މުޒާހަރާގައި ބަޔަކު ގާނޫނާ ޚިލާފް އަމަލުތަކެއް ހިންގި ކަމަށް ފުލުހުންގެ ނޫސް ބަޔާނުގައި އޮންނާތީ, އެފަދަ އެއްވުމެއްގައި ބައިވެރިވުމަކީ އާރްޑީސީގެ އުސޫލުތައް އޮންނަ ގޮތުން މުވައްޒަފަކު ވަކިކުރެވިދާނެ ސަބަބެއް ކަމަށެވެ. އަދި އެ މުވައްޒަފު ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މުވައްޒަފަށް ވަޒީފާ އަނބުރާ ދޭންނުޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. ނަމަވެސް އޭނާ ވަކިކުރުމުގައި އިޖްރައާތުތައް ފުރިހަމައަށް ފުރިހަމަ ނުކޮށް އޮތުމުން 7,750ރ. ގެ ބަދަލެއް ދިނުމަށް އެ ނިންމުމުގައި އަންގާފައިވެ އެވެ.
ޓްރައިބިއުނަލުން އެގޮތަށް ނިންމިއިރު, ފެނަކަ އާއި ސަރުކާރުގެ އެ ނޫން ވެސް ކުންފުނިތަކުން މިހާރު ދަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންނެވެ.
ހަނދަކީ އެމެރިކާގެ ތަނެއްކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރައީސްގެ ބޮޑު މަޝްރޫއެއް: ރަށްރަށުގައި ނަސޭހަތުގެ ބޯޑު ހަރުކުރަނީ
"ސްޕައިޑަ-މޭން" އަދިވެސް ބޮކްސް އޮފީސް ރޭހުގެ އެންމެ ކުރީގައި!