އިންޑިއާގެ ހުޅަނގު ބެންގޯލްގައި 1954 ވަނަ އަހަރު ބިނާކޮށްފައިވާ "ޝިވާ" ފައްޅި ގަންގާ ކޯރަށް ވެއްޓި އަޑިއަށް ހިނގައްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ފައްޅި ވެއްޓުނީ އެ ސަރަހައްދު ހިމާޔަތްކުރުމަށް ޖަހާފައިވާ ހުރަސްތައް ފޫއަޅުވާލައި ކޯރުގެ އައްސޭރިފަށް ވަރަށް ބޮޑަށް ގިރުމާ ގުޅިގެންނެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، އާސާރީ ބިނާތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރަޓުއާގައި ހުންނަ މި ފައްޅި ވެއްޓުނީ ކޯރު ބޮޑުވެ، އެތަނުގެ ބިންގަނޑު ގިރައިގެން ދިއުމުގެ ސަބަބުންނެވެ. އެ ސަރަހައްދު ހިމާޔަތްކުރުމަށް ވެލިބަސްތާ ޖަހައިގެން އެ އަވަށުގެ ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ފައްޅި ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ކަރީނާއަށް ސައިފް 3 ފަހަރެއްގެ މަތިން ކައިވެނި ހުށައެޅި!
ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް
ޓައިގާ ޝްރޮފްއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި