ދުނިޔޭގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ލޭޑީ ގާގާ އާއި އޭނާގެ ލޯބިވެރިޔާ މައިކަލް ޕޮލަންސްކީއަށް ފުރަތަމަ ކުއްޖަކު ލިބިފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ.
މި އުފާވެރި ހަބަރާއެކު އޭނާގެ އެތައް މިލިއަން ފޭނުންނެއް އަންނަނީ ސޯޝަލް މީޑީާގައި އެކަމުގެ އުފާ ފާޅުކޮށް އެ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.
ބޭރުގެ މަޝްހޫރު ނޫސްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ލޭޑީ ގާގާއާއި މައިކަލް ވަނީ އެމެރިކާގެ ނޯދަން ކެލިފޯނިއާގައި ކުޑަ ކުއްޖަކާއެކު ހިނގާލަން ނުކުމެފައި ވަނިކޮށް ފެނިފަ އެވެ.
ޕަޕަރާޒީން ނަގާފައިވާ މި ފޮޓޯތަކުގައި ގާގާ އޭނާގެ އުފަން ދަރިފުޅު ކަމަށް ބެލެވޭ އެ ކުއްޖާ އުރާލައިގެން ހުރި މަންޒަރު ވަނީ ފެނިފަ އެވެ. މިއީ މި ދެމީހުންނަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.
ފޭނުންގެ މެދުގައި "މަދަރް މޮންސްޓާ"ގެ ނަމުން މަޝްހޫރު ވެފައިވާ ލޭޑީ ގާގާ، މީގެ ކުރިން ދިން އެކި އިންޓަވިއުތަކުގައި މައިންބަފައިންވާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށާއި މައިމީހެއްގެ ޒިންމާ ނަގަން ބޭނުންވާކަން ވަނީ ހާމަކޮށްފަ އެވެ.
ހާއްސަކޮށް މީގެ ކުރިން ޓީވީ ޝޯއެއްގައި ވާހަކދައްކަމުން އޭނާ ވަނީ މަޔަކަށް ވުމަކީ އޭނާގެ ކުރިއަށް އޮތް އެންމެ ބޮޑު އަދި އެންމެ ހާއްސަ "ރޯލު" ކަމުގައި ސިފަކޮށްފަ އެވެ.
ނަމަވެސް، މި ކުއްޖާގެ ޖިންސާއި، ނަން އަދި އުފަންވި ސީދާ ތާރީހެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ލޭޑީ ގާގާގެ ރަސްމީ ފަރާތްތަކުން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް ފެނުނު ފޮޓޯތަކުން އެކަން ވަނީ ޔަގީންވެފައި ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ލޭޑީ ގާގާއާއި މައިކަލް ޕޮލަންސްކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ވެފައިވާއިރު، 2024 ވަނަ އަހަރު އެމީހުން ވަނީ ކައިވެންޏަށް އެންގޭޖްވެފަ އެވެ.
ހޫތީންނަށް ހަމަލާދޭން ސައުދީން އެދުމުން އެމެރިކާ ދެކޮޅުހަދައިފި
ސައުދީގެ ތެޔޮ ހޮޅިއަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ޕްރިންސަސް ޑައާނާގެ "ރިވެންޖް ޑްރެސް" ނީލަމުގައި ވިއްކާލަނީ!