ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އިކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް މި ވަގުތުގެ މާލީ ހާލަތަށް ބަލާއިރު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ގޮތަކަށް އެ ފަދަ މުއާމަލާތްތައް ހިންގުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލޭގެ ބައެއްގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރުމަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ހިންގަން އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަކީ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް ފައިދާއެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބެވެ. އީގަލް ހިލްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުންޏާއި އެމާރު ޕްރޮޕަޓީސްގެ ބާނީ މުހައްމަދު އަލައްބާރެވެ.
އެއްބަސްވުމުގެ ދަށުން ފުށިދިއްގަރު ފަޅުން ދޫކޮށްލާ ސަރަހައްދުގެ ބޮޑުމިނާއި، އެ ސަރަހައްދު ދޫކޮށްލާ އަގު ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މި މަޝްރޫއުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނާ ގޮތުގައި އީގަލް ހިލްސްއަށް ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލޭގެ ފަސްސަތޭކަ ހެކްޓަރުގެ ބިމެވެ. މިއީ ފުށިދިއްގަރު ފަޅުން ހިއްކުމަށް ނިންމާފައިވާ 1058 ހެކްޓަރުގެ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔެވެ.
ގްރަމީގެ 9 ކެޓަގަރީއަކަށް "ދުރަންދަރް 2"ގެ މިއުޒިކް ހުށައަޅައިފި
ނާގޮށި ނިންމައި އަހަރެއް ތެރޭ ހުޅުވޭނެ ކަމަށް ބެލެވޭ: އަމީން
ޑަބްލިއުއެޗްއޯ ތަފާސް ހިސާބު: މިއީ އެންމެ ހާސްކަން ބޮޑު ޖީލު!
