ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލެއް އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ހާމަކުރައްވާފައެއް ނުވެ އެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ 8 ވަނަ ދަތުރުފުޅެވެ. މީގެ ތެރޭގައި ހިމެނެނީ ނުރަސްމީ 7 ދަތުރުފުޅާއި ރަސްމީ އެއް ދަތުރުފުޅެވެ.

ވެރިކަމުގެ މި މުއްދަތުގެ ތެރޭގައި ރައީސް މުއިއްޒު ނުރަސްމީ ދަތުރުފުޅުތަކުގައި އެންމެ ގިނައިން ވަޑައިގެންފައިވަނީ ސިންގަޕޫރަށެވެ. މީގެއިތުރުން، ނުރަސްމީ ދަތުރުފުޅުތަކުގައި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތަށް ވެސް އެކި ފަހަރުމަތިން ޒިޔާރަތްކުރައްވާފަ އެވެ.