މާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން އެއްލައްކަ ފަންސާސް ހާސް ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި، އޭގެ ތެރެއިން ލައްކައެއްހާ ރުފިޔާ ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ ބުނިގޮތުގައި ސައިކަލުގެ މަޑިދަށުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައި ސައިކަލު މަޑިދަށުން ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އެކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވަގަށް ނެގި ފައިސާގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ 50،000 ރުފިޔާ އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި 40،000 ރުފިޔާ ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް އޭނާ ޖަމާކޮށްދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ވަގަށް ނެގި ފައިސާގެ ތެރެއިން ބާކީ 55،000 ރުފިޔާ ތުހުމަތު ކުރެވޭ ފަރާތުން ވަނީ ބޭނުންކޮށްފަ އެވެ. އެހެންކަމުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން އަންނަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަޒަރްބައިޖާންގެ ޗަކަ އަލިފާން ފަރުބަދަތަކަށް ބޮޑު ސަމާލުކަމެއް!
ނިދާއިރު ފަންކާ ނިވާލުން މާރަނގަޅު؟
އެކުގައި ކެއުން: ނަފްސާނީ ދުޅަހެޔޮ ކަމަށް ގިނަ ފައިދާތަކެއް!
