ސްވިޒްޓަރލޭންޑްގެ ނަން އަޑު އިވުމުން ކޮންމެ މީހެއްގެވެސް ސިފަވަނީ ސިނަމެޓިކް ސްނޯ ފަރުބަދަތަކާއި، ސާލެއް ފަދަ ވާދީތަކާއި، އަދި ހިތްގައިމު ރޭލު ދަތުރުތަކެވެ.
ނަމަވެސް، ސްވިޒްޓަރލޭންޑްގެ ކޯރުތަކާއި ކުޅިތަކުގެ ތެރޭގައި އެކުލެވިގެންވާ ކުދި، އެކަމަކު އާދަޔާޚިލާފު ހިތްގައިމު ރަށްތަކެއް އޮންނަކަމީ ގިނަ ފަތުރުވެރިންނަށް އެނގޭ ކަމެއް ނޫނެވެ.
އާންމުކޮށް ފެންނަ މަންޒަރުތަކުގެ ބޭރުން، އަމާންކަމާއި ތާރީހީ މުއްސަނދިކަން ހޯދަން ބޭނުންވާ ދަތުރުވެރިންނަށް ސްވިޒްޓަލޭންޑްގެ މި ދެ ރަށަކީ ދާންޖެހޭ ފުރިހަމަ މަންޒިލްތަކެކެވެ.
1. ސެއިންޓް ޕީޓާސް އައިލެންޑް - ތާރީހާއި އަމާންކަމުގެ ބެލެންސް
ލޭކް ބީލްގެ ތެރޭގައި އޮންނަ ސެއިންޓް ޕީޓާސް އައިލެންޑަކީ ގަރުނުތަކެއް ވީ މުއްސަނދި ތާރީހެއް އޮތް ތަނެކެވެ. މި ރަށުގެ އެންމެ ހާއްސަ މެހެމާނަކީ 1765 ވަނަ އަހަރު މި ރަށުގައި ވަގުތުކޮޅެއް ހޭދަކުރި މަޝްހޫރު ފިލޯސަފަރު ޖީން-ޖެކްސް ރޫސޯ އެވެ.
ރޫސޯގެ އިތުރުން، މި ސަރަހައްދަކީ ރޯމަނުންގެ ދުވަސްވަރާއި މީޑިއީވަލް ދުވަސްވަރުގެ މަތީ ފަންތީގެ ވެރިން އުޅުނު މުހިންމު ތަނެކެވެ.
މިއަދު މި ރަށަށް ދިއުމަށްޓަކައި އެރްލާކްއިން ފެށިގެން ހަތަރު ކިލޯމީޓަރުގެ "ހައިޑެންވެގް" މަގުން ހިނގާފައި ނުވަތަ ބައިސްކަލްގައި ދެވިދާނެ އެވެ. މީގެ އިތުރުން ލާ ނިއުވެވިލް ނުވަތަ ނޫޝަޓެލް އިން ކުދި ބޯޓު ފަހަރުގައިވެސް ދެވޭނެ އެވެ.
2. ބްރިސާގޯ އައިލެންޑްސް – ޓިޗީނޯގެ ސަބްޓްރޮޕިކަލް އަޖާއިބު
ޓިޗީނޯ ސަރަހައްދުގެ ލޭކް މާޖޯރޭގައި އޮންނަ ބްރިސާގޯ އައިލެންޑްސްއަކީ ސްވިޒްޓަރލޭންޑުން އުންމީދު ނުކުރާނެފަދަ ޖަޒީރާ ގުދުރަތީ މަންޒަރެއް ފެންނަ ތަނެކެވެ.
މި ދެ ރަށުގެ ތެރެއިން ބޮޑު ރަށް ކަމަށްވާ އިސޯލާ ގްރާންޑޭގެ މުޅި ރަށުގައި ވަނީ 2.5 ހެކްޓަރުގެ ބޮޓޭނިކަލް ގާޑަންއެކެވެ. އޭޝިއާ، ސައުތު އެފްރިކާ، އެމެރިކާ އަދި އޮސްޓްރޭލިއާގެ 1,700 އަށްވުރެ ގިނަ ގަސްގަހާގެހީގެ ބާވަތްތައް މިތަނުން ފެންނާނެ އެވެ.
ދެވަނަ ރަށް ކަމަށްވާ އިސޯލާ ދި ސަންތުއަޕޯލިނާރޭ ބަހައްޓާފައިވަނީ އޭގެ ގުދުރަތީ އަސްލު ގޮތުގައެވެ. ގުދުރަތީ ސާފު ވައިގައި ހިނގާލަން މިއީ ވަރަށް ހިތްގައިމު މާހައުލެކެވެ.
ދަތުރުވެރިންނަށް ޓިޕްސް
ހޫނު މޫސުމާއި ހަރީފު މޫސުމަކީ (އެޕްރީލް އިން އޮކްޓޯބަރު) ބޯޓު ދަތުރުތަކަށާއި ބަގީޗާތައް ބަލާލަން އެންމެ ސާފު ދުވަސްވަރެވެ.
މި ދުވަސްވަރު ކުޅި ކައިރީގައި ހިނގާލުމާއި، ތާރީހީ އާސާރުތައް ބަލާލުން އަދި ޖަޒީރާ ގަސްގަހާގެހީގެ މާހައުލުގައި ފޮޓޯ ނެގުމަކީ ވަރަށް އުފާވެރި ތަޖުރިބާއަކަށް ވާނެ އެވެ.
ސްވިޒްޓަލޭންޑްގެ މަޝްހޫރު ފަރުބަދަތަކާ ހިލާފަށް، މި ރަށްތަކުން ގެނެސްދެނީ ތަފާތު، ސާފު އަދި ހިތްހަމަޖެހޭ ދަތުރެއްގެ ތަޖުރިބާ އެކެވެ.