ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާނަށް، އޮކްޓޯބަރު 28 ގެ ކުރިން އިންޑިއާއިން ބޭރުވުމަށް އަންގައި "ޑީޕޯޓޭޝަން ނޯޓިސް"އެއް ފޮނުވައިފި އެވެ.
އެމެރިކާގެ ރައްޔިތުކަން އޮންނަ އިމްރާންއަށް މި ނޯޓިސް ފޮނުވާފައިވަނީ ސިޔާސީ އިހުތިޖާޖެއްގައި ބައިވެރިވުމާ ގުޅިގެން، އިންޑިއާގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށް ބުނެ އެވެ.
އިންޑިއާގެ ފޮރިން ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ) އިން މި ފިޔަވަޅު އަޅާފައިވަނީ އޮކްޓޯބަރު 10 ގައި މުމްބާއީގެ އަގަސްޓް ކްރާންތި މައިދާނުގައި ބޭއްވި އިހުތިޖާޖެއްގައި އިމްރާން ބައިވެރިވުމުންނެވެ.
މި އިހުތިޖާޖަކީ އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި ބޭއްވި އިހުތިޖާޖެކެވެ.
އިމްރާން އަކީ އެމެރިކާގެ ރައްޔިތުކަން އޮންނަ، ނަމަވެސް ޥއޯވަސީސް ސިޓިޒަން އޮފް އިންޑިއާ" (އޯސީއައި) ކާޑު އޮންނަ މީހެކެވެ.
ބޭރު ގައުމެއްގެ ރައްޔިތުކަން އޮންނަ ފަރާތަކުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ފޮރިނާސް އެކްޓްއާ ހިލާފު ކަމެއް ކަމަށް ބުނެ، ބީޖޭޕީގެ ލީޑަރު ކިރިޓް ސޯމައްޔާ ހުށަހެޅި މައްސަލައަކާ ގުޅިގެން އިމްރާން ވަނީ އެ ދުވަހު މުމްބާއީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފަ އެވެ.
މި ނޯޓިސްއާއެކު އިމްރާން އިންޑިއާއިން ބޭރުވާން ޖެހިއްޖެނަމަ، އޭނާގެ އަމިއްލަ ދިރިއުޅުމަށާއި ފިލްމީ ކެރިއަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
އިމްރާން ދިރިއުޅެމުންދަނީ މުމްބާއީގައި އޭނާގެ ލޯބިވެރިޔާ ލޭކާ ވަޮޝިންގްޓަންއާ އެކުގަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ދަރިފުޅު އިމާރާގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތު ވެސް އޭނާ ނަގަމުންދާއިރު، އިންޑިއާއިން ބޭރުވާން ޖެހުމުން އާއިލީ ކަންކަމަށް ބޮޑު ހުރަހެއް އެޅޭނެ އެވެ.
އޭގެ އިތުރުން ގިނަ ދުވަސްތަކަކަށްފަހު އެނބުރި ފިލްމީ ދާއިރާއަށް އައުމަށްޓަކައި އިމްރާން ކުޅެ ނިންމާފައިވާ ފިލްމު ރިލީ ޒްކުރުމުގެ ކުރިން ކުރަންޖެހޭ ޕްރޮމޯޝަން މަސައްކަތްތަކާއި، އިންޓަވިއުތަކުގައި ބައިވެރިވުމަށް އޭނާއަށް އިންޑިއާގައި ނޫޅެވޭނަމަ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ އެވެ.
އޮކްޓޯބަރު 28ގެ ސުންގަޑި ކައިރިވަމުންދާއިރު، އިމްރާންގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން މިހާރު ވަނީ ނިންމާފަ އެވެ.
ކައިވެނީގެ 14 ވަނަ އަހަރީ ދުވަހު ސައިފް - ކަރީނާގެ އާ ފޮޓޯތަކެއް!
ހަފްތާއެއް ނުވަނީސް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވަކިކޮށްފި