ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑު ކަމަށްވާ ކަރީނާ ކަޕޫރު ހާން އާއި ސައިފް އަލީ ހާންގެ ކައިވެންނަށް 14 އަހަރު ފުރިއްޖެ އެވެ.

މި އުފާވެރި މުނާސަބަތުގައި ކަރީނާ ވަނީ ސައިފްއާއެކު ނަގާފައިވާ އާންމުންނަށް މީގެ ކުރިން ފެނިފައިނުވާ ބައެއް ހާއްސަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ފައެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި މި ޕޯސްޓާއެކު ކަރީނާ ލިޔެފައިވަނީ، ސައިފްއާއެކު ހޭދަ ކުރެވުނު ކޮންމެ އަހަރަކީ ވެސް ލޯތްބާއި އުފާވެރިކަމުން ފުރިގެންވާ އަހަރުތަކެއް ކަމަށެވެ.

https://www.instagram.com/p/DeitdxeiBEy/?utm_source=ig_embed&ig_rid=AhHWxJTiY_Txfz9U5yPeHVM

އެއާއެކު މި 14 އަހަރުގެ ދަތުރުގައި އެމީހުންގެ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި ގިނަ ހަނދާންތަކެއް އާކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

ކަރީނާ ހިއްސާކުރި ފޮޓޯތަކުގެ ތެރޭގައި އެ ދެމަފިރިން ޗުއްޓީއެއްގައި އުޅުނު ދުވަސްތަކާއި، އާއިލާއާއެކު ހޭދަކުރި އުފާވެރި ވަގުތުތައް ދައްކުވައިދޭ ފޮޓޯތައް ހިމެނެ އެވެ.

ބޮލީވުޑްގެ ގިނަ ތަރިންނާއި ސަޕޯޓަރުން ވަނީ މި ދެމަފިރިންނަށް ކައިވެނީގެ އަހަރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފަ އެވެ.

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން ކައިވެނިކުރީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މި ދެމަފިރިންނަށް ތައިމޫރު އަލީ ޚާން އަދި ޖެހާންގިރް އަލީ ޚާން (ޖެހް) ކިޔާ ދެ ފިރިހެން ކުދިން ތިބެ އެވެ.