މާލޭގެ ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތަށް، ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ދެމެދު އޮތް ސަރަހައްދު މިރޭ މެންދަމުން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފި އެވެ.
ފުލުހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޓްރެފިކަށް ބަދަލު ގެނެސް، މަގު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެންނެވެ. އެހެންކަމުން، މަގު ބަންދުކުރުމުގެ ކުރިން ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ދެމެދު ޕާކުކޮށްފައި ހުރި އެންމެހައި އެއްގަމު އުޅަނދުތައް ނަގައި، އެ ސަރަހައްދު އެއްކޮށް ހުސްކޮށްދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
މި ބަދަލާ ގުޅިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު އިތުރަށް ފުޅާކޮށް، ތާރުއަޅައިގެން، ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ލުއިފަސޭހަ އަދި ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
ނޭފަތުގެ ސާޖަރީއަށްފަހު ޖާންވީ ކުޅަދާނަކަމަށް ސްރީދޭވީ ބުނި
އީރާނުން ހަތިޔާރު އުފުލުން ހުއްޓުވަން އެމެރިކާގެ ޓާސްކް ފޯހެއް
އެންވީޑިއާގެ ސީއީއޯ ޖާސޫސަކާ ގުޅުން ބޭއްވިކަމަށް އިއުތިރާފުވެއްޖެ
މިފާޑައް މަގު ހަދާ ބަޔަކު އަދި ނުދެކެން. ކުރިން ހެދި ތަން ހުޅުވާފަ 2 ކޮޅު ބައްދާފަ މީއެއްވެސް ކަމެއް އިގޭ ބައެއް ނޫން. މިކަހަލަގެ ގަމާރު ބައެއް ދުވަހަކު ވެސް ވެރިކަމަކައް ނާދޭ. ޕާކުކުރުން މަނާ ކުރާއިރު އިތުރު ތަނެއް ނެހެދޭ. މުދަލައް ގެއްލުން ދިނުން މަޖަލަކައް ވެއްޖެ. ވަރައް އަވަހައް ހުރިހާ ވެހިކަލްތައް ޕާކުކުރަން ޓުރާންސްޕޯޓު ނޫނީ މުލިޔާގެ ނޫނީ މޮޔަ މިނިސްޓަރު ގޭ ކައިރިޔައް ޒުވާނުން ދާނެ. ވަރައް ގޯސްވާނެ ރައްޔަތުންގެ މުދާ ތިޔަހެން ހަދާ ގަވައިދަކުން ހަލާކު ނުކުރެވޭނެ....