ސިޔާސަތު ކަނޑައަޅާ މުހިންމު ސަމިޓެއް ކަމަށްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތު ގެ 8 ވަނަ ބައްދަލުވުން (ވިޝް 8) ގައި ސަރުކާރުގެ ފަރާތުން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގަތަރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ސަމިޓުގައި ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ، ގަތަރު ފައުންޑޭޝަންގެ ޗެއާޕާސަން ޝައިހާ މޫޒާ ބިންތު ނާސިރުގެ ރަސްމީ ދައުވަތަކަށެވެ.
މި ސަމިޓުގެ ތެރެއިން، "ގްލޯބަލް ހެލްތު ބިޔޯންޑް 2030: އިމާޖިން ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވާސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ސާޖިދާ ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ގަތަރުގެ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ވިޝް ސަމިޓަކީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިންނާ ސާޖިދާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި ސަމިޓަކީ ދުނިޔޭގެ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، އައު އީޖާދުތައް ކުރާ ފަރާތްތަކާއި، އިލްމުވެރިންނާއި، އިސްވެރިން އެއްތަނަކުން ބައްދަލުކުރައްވައި، ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އަމަލީގޮތުން ތަންފީޒުކުރެވޭނެ ސިޔާސަތުތައް އެކުލަވާލުމަށް ބާއްވާ ސަމިޓެކެވެ.
މޫސުން ބަދަލުވާއިރު ހުޅުތަކުގައި ރިއްސަނީ ކީއްވެ؟ މިއޮތީ ސަބަބު!
ހޫތީން ސައުދީއަށް ފޮނުވާލި މިސައިލްތަކެއް ވައްޓާލައިފި
