ދިއްލީ (25 މެއި) - އިންޑިއާގެ މަޝްހޫރު ޔޯގާ ގުރޫ އެއް ކަމަށްވާ ބާބާ ރާމްދޭވް ވަނީ ކޮވިޑްގައި އެ ގައުމުން އެހާ ގިނަ ބަޔަކު މަރުވާން މެދުވެރިވީ ޒަމާނީ ބޭސްވެރިކަމަށް ބަރޯސާވެ. އޮކްސިޖަން ހޯދުމުގައި މަސްއޫލުވާތީ ކަމަށް ބުނެފަ އެވެ.
ނަމަވެސް ގިނަ ޑޮކްޓަރުންތަކަކާއި ގައުމުގެ ހެލްތު މިނިސްޓަރުގެ ފާޑުކިޔުންތައް އަމާޒުވުމާއެކު ރާމްދޭވް ވަނީ އޭނާގެ ބަސް އަނބުރާ ގެންގޮސްފަ އެވެ.
އޭގެ ފަހުން ރާމްދޭވް ވަނީ ގިނަ ބަލިތަކަކަށް ފަރުވާއެއް ނެތް ކަމަށް ބުނެ އަނެއްކާ ވެސް ޒަމާނީ ބޭސްފަރުވާއަށް ހަޖޫ ޖަހާފަ އެވެ.
އިންޑިއާގެ ސިއްހީ ދާއިރާގެ މައި މަސްދަރަކީ ޒަމާނީ ބޭސްފަރުވާ ކަމުގައި ވިޔަސް އާޔުރްވެދިކް އަދި ހާބަލް ބޭސްފަރުވާ ވެސް ދަނީ އެ ގައުމުގައި ކުރިއަރަމުންނެވެ.
ބާބާ ރާމްދޭވް ފަދަ ގިނަ ފާދިރީންތަކެއް ވަނީ އާޔުރްވެދިކް ފަރުވާގެ ކާމިޔާބު ވިޔަފާރި ވެސް ކުރަން ފަށާފަ އެވެ. އެ ގޮތުން ކޮވިޑް-19 އަށް އާޔުރްވެދިކް ފަރުވާތައް ހޯދިފައިވާ ކަމަށް މިފަދަ މީހުން ދައުވާކުރެ އެވެ.
އިންޑިއާގެ މަޝްހޫރު އާޔުރްވެދިކް ބްރޭންޑެއް ކަމަށްވާ ޕަތާންޖަލީގެ ބާނީ ބާބާ ރާމްދޭވްއަކީ ހިންދޫ ދީނުގެ ހައްދު ފަހަނައަޅާފައިވާ ފިކުރު ފަތުރާ ފާދިރީ އެކެވެ.-- ބީބީސީ
ހެޔޮވިސްނުން ލިބިފައިނުވާ ކާފަރުންނަށް ﷲ މިކާފަރުންނަށް ފޮނުއްވާ ބަލިމަޑު ކަމަށް މިފަދަ ބޯގަޅި މީހުނަށް ފާޑުނުކިޔޭނެ