ރަނގަޅަށް އެކްޓްކުރަން ދަސްކޮށްދިނީ ސުޝާންތު ސިންގް ރާޖްޕުޓް ކަމަށް އޭނާއާއެކު ހިންދީ ޑްރާމާ ޕަވިތްރަ ރިޝްތާއިން އެކުގައި ފެނުނު އަންކިތާ ލޯކަންޑޭ ބުނެފި އެވެ.
ޕަވިތްރާ ރިޝްތާ ޝޯއަށް 12 އަހަރު ފުރުން ފާހަގަކުރުމަށް އަންކިތާ ސޯޝަލް މީޑިއާގައި ކުރި ލައިވްއެއްގައި އޭނާ ބުނީ ސުޝާންތްއާ ނުލައި ޕަވިތްރާ ރިޝްތާގެ އެއްވެސް ކަމެއް ފުރިހަމަ ނުވާނެ ކަމަށާއި ޑްރާމާއަށް ލިބުނު ކާމިޔާބީގައި ސުޝާންތުގެ ބޮޑު ދައުރެއް އޮތް ކަމަށެވެ.
"އަހަންނަކީ އެކްޓަރެއް ނޫން. އެކްޓް ކުރުމުގެ ބައިވަރު ކަންތައް އަހަރެން ސުޝާންތުގެ ފަރާތުން ދަސްކުރިން،" އަންކިތާ ބުންޏެވެ.
ސުޝާންތް ސިންގް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ އަހަރުގެ ޖޫން މަހު އޭނާ އުޅުނު ކޮޓަރިންނެވެ. އޭނާގެ މަރުގެ ތަހުގީގު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ޕަވިތްރާ ރިޝްތާގައި މާނަވް އަދި އަރްޗަނާގެ ރޯލުން ފެނުނު ސުޝާންތު އަދި އަންކިތާ ވަނީ އެދުވަސްވަރު ލޯބީގެ ގޮތުންވެސް ގުޅިގެން އުޅެފަ އެވެ.
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި
ރިއާނާއަށް އަމްބާނީ އާއިލާއިން ދިން ހަދިޔާގެ އަގު!
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި