ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފެޝަން ރީޓެއިލާ، ސްވިޑެންގެ އެޗެ އެންޑް އެމްގެ 250 ފިހާރަ ބަންދުކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ބުނި ގޮތުގައި މި ފިހާރަތައް ބަންދުކުރާނީ އަންނަ އަހަރު ކަމަށާއި މި ގޮތަށް ނިންމީ ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން މީހުން އޮންލައިންކޮށް ވިޔަފާރިކުރަމުން ގެންދާތީ ފިހާރަތަކަށް އޮންނަ ޑިމާންޑް ކުޑަވުމުގެ ސަބަބުންނެވެ.
އެޗް އެންޑް އެމްގެ ފިހާރަތަކުގެ ސޭލް ސެޕްޓެމްބަރު މަހުގެ ތެރޭގައި އިތުރުވި ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަަހަރު އެ އަދަދު ފަސް އިންސައްތަ ދަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބްރޭންޑްގެ 5،000 ފިހާރަ އެބަހުއްޓެވެ. އެހެން ނަމަވެސް އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެންމެ ބޮޑަށް އިސްކަމެއް ދޭނީ އިތުރުވަމުންދާ އޮންލައިން ޑިމާންޑާއި އެއްވަރަށް ހިފެހެއްޓުމަށް، ޑިޖިޓަލް ދާއިރާއަށް އިންވެސްމެންޓް ކުރުމަށެވެ.
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
އަބީޝޭކްގެ ސަބަބުން ޝާހްރުކް ޚާންއަށް އައިޝްވާރްޔާ ނޫނެކޭ ބުނި؟
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
