ޓެލެގޫ ފިލްމް އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއްތަރި ކަމަށްވާ ނަގަ ޗެއިތަންޔާގެ ސަޕޯޓަރުންނަށް މިފަހަރު މި ލިބުނީ ވަރަށް ވެސް ހިތާމަވެރި ހަބަރެކެވެ. ޗެއިތަންޔާ ބޮލީވުޑަށް ކުޅޭ ފުރަތަމަ ފިލްމު ލާލް ސިން ޗައްޑާ ރިލީސިން ވަނީ ފަސްކޮށްފަ އެވެ.
ސަޕޯޓަރުން ވަނީ ފިލްމު ފަސްކުރުމުން ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.
ފިލްމު ފަސްކުރީ ކޮވިޑްގެ ސަބަބުން ކަމެއް ނުވަތަ އިތުރު މައްސަލައެއް ދިމާވެގެން ކަމެއް ފިލްމް އުފައްދާ ފަރާތްތަކުން ހާމައެއް ނުކުރެ އެވެ.
ލާލް ސިން ޗައްޑާގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ބޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ އާމިރު ޚާން އާއި ކަރީނާ ކަޕޫރެވެ.
ހެއްވާ މަޖާ މިފިލްމުގައި ޗެއިތަންޔާ ކުޅުމަށް ހަމަޖެހިފައި ވަނީ ބެންޖަމިން ނަމަކަށް ކިޔާ ކެރެކްޓާއެކެވެ. މިކެރެކްޓާ އޭނާއަށް ހުށައަޅާފައި ވަނީ ކުރިން މި ކެރެކްޓަ ކުޅުމަށް ހަމަޖެއްސި ވިޖޭ ސެތުޕަތީއަށް ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.

ގާސިމްގެ ގާތިލްގެ ފަރާތުން އާއިލާއަށް ގުޅުން މަނާކޮށްފި
މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ
"ދެ އަންހެނުން"ނަށް ފަހު ބަންގްލަދޭޝް: އާ ފެށުމެއްތަ؟