ހުޅުމާލެ ނިރޮޅުމަގުގައި މަޑުކޮށްފައި އޮތް ޕިކަޕެއްގެ ދޮރު ހުޅުވި ވަގުތު ދޮރުގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. މި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:00 ހާއިރު އެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓްގައި ސައިކަލު ދުއްވަންއިން 22 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށާއި އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުންގެ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޕްރޮސެސްކުރި މަހުގެ އެކްސްޕޯޓް 12 ޕަސެންޓް އިތުރު
މުސާރަ ބޮޑުކުރަން ނިންމުމުން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
ރަސްމާލެ މަޝްރޫއަށް ފާޑުކިޔުން ހުއްޓުވަން ގާނޫނު އިސްލާހުކުރަނީ

ޖޯކަރު ޓްރާންސުޕޯޓު މިނިސްޓަރު އާގާނޫނެއް ހަދާނެ މަގުމަތީ ނޫނީ ކާރު ދޮރަކުން ކުރެ ދޮރެއް ނުހުޅުވޭނެ މީބޮޑު ޖޯކަރު. ޓުރާންސްޕޯޓު މިނިސްޓުރީއެއް ބަލަ ނުކަތާ ވަރައް ރައްތަކުންނާ ބޭރު މީހުން ޖަމާވީމަ ވާނީ މިހެން ފެންތައްޓެއް ފުރުނީމަ ދެންއެޅޭނީ ބޭރައް. ހުސްބިންތަކުގަ ފުޑުސެލް ދަނޑު ސުޓޭޑިމުގަ އެޕޯލޯ ގުދަން ބަދަލުގަ ހުޅުމާލޭން ބިމެއް ވިލާއައް ތިލަފުށިން ގަދަ ކަލޭމެން ރައްޔަތުންނައް ޓަކާ ރައްޔަތުންގެ ލޭބޯނީ
ހުޅުމާލެ އެސްޓަރ ކައިރިވެސް ހަވީރު 17:30 ހަައިރު އެކްސިޑެންވެގެން ތިބި. މުޅި މަގު ބުލޮކްވި އެގަޑީގައި