ބޮލީވްޑްގެ ސުޕަ ސްޓާރު އާމިރް ޚާންގެ ދަރިފުޅު ޖުނެއިދު ޚާން ބޮލީވުޑަށް ތައާރަފުވާ ފުރަތަމަ ފިލްމް މަހަރާޖާގެ ޝޫޓިން ފަށައިފި އެވެ. އިންޑިއާގެ މަހަރާސްތުރަގެ ސަރުކާރުން ވަނީ ކޮވިޑް ލޮކްޑައުންއަށް ލުއިތަކެއްދީ ޓީވީ ޑްރާމާތަކާއި ފިލްމުތަކުގެ ޝޫޓިންކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފަ އެވެ. މި ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ވަކި ހުއްދައެއްގެ ދަށުންނެވެ.
މި ހުއްދައިގެ ދަށުން ޝޫޓިން ފެށުނު ފުރަތަމަ ފިލްމުތަކުގެ ތެރޭގައި މި ފިލްމު ހިމެނެ އެވެ. ގިނަ މީޑިއާތަކުން ވަނީ މި ފިލްމުގައި ޖުނައިދު ކުޅޭ ރޯލްގެ ބޮޑު ހުލާސާއެއް ކޮށްފަ އެވެ. ގިނަ ސަޕޯޓަރުން ތިބީ މިފިލްމުގެ އިންތިޒާރުގަ އެވެ.
އާމިރް ޚާން ފިލްމު ޕްރޮޑިއުސަރު އަދި ބަތަލާ ރީނާ ޑައްތާއާ ކައިވެނިކޮށްފައި ވަނީ 1986ގަ އެވެ. އަހަރުތަކެއް ފަހުން 2002 ގައި މި ކައިވެނި ވަރަށް ސިއްރުގޮތުގައި ނިއްމާލާފައިވާއިރު އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ.
އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ މިފިލްމުގެ ޝޫޓިން ފެށުނީ ސަރުކާރުން ދިން ލެވެލް ފަހެއްގެ ލުއިތަކަކާއެކު އެވެ. ޖޫން ހަ ވަނަ ދުވަހު 100 އަށް ވުރެ ގިނަ ސްޓާރުންނާއި ކުރޫ މެންބަރުންގެ އާރުސީ-ޕީއާރުސީ ޓެސްޓް ވަނީ ހަދާފަ އެވެ. މީގެ ތެރެއިން 25 ޖޫނިއާ އާޓިސްޓުންނަށާއި ބައެއް ޕްރޮޑަކްޝަން ސްޓާފުންނާއި ބައެއް ތަރިންގެ އިތުރުން ކުރޫ މެމްބަރުންނަށް ފިލްމުގެ ސެޓަށް ދިޔުމަށް ވަނީ ހުއްދަ ލިބިފަ އެވެ.
މިފިލްމުގެ ޕްރޮޑިއުސަރު ވަނީ ސެޓުގައި ވީހާ ވެސް މަދު މީހުން ހަރަކާތެރިވުމަށް އަންގާފަ އެވެ.
މި ފިލްމަކީ 1862 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅޭ ގޮތުން ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގައި ޖުނައިދު ޚާން ގުޅުމަށް ހަމަޖެހިފައިވަނީ ބިރު ކުޑަ ނޫސްވެރިންއެއްގެ ބަޔެކެވެ. މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޖުނައިދު ޚާން ވަނީ ބަރުދަން ލުއިކުރުމާއި އޭނާގެ ހެއާ ސްޓައިލަސް ވެސް ބަދަލު ގެނެސްފަ އެވެ.