ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އެންތޮލޮޖީ ސީރީޒް ފިލްމު ”ގުޅުން" މީޑިއާނެޓްގެ އޮންލައިން ޕްލެޓްފޯމް "މަލްޓި ސްކްރީން"ގައި ރިލީސް ކުރުމަށް ނިންމައިފި އެވެ.

ޑާކް ރެއިންއިން ބުނީ އެންތޮލޮޖީ ސީރީޒް ފިލްމު "ގުޅުން" މިމަހުގެ 30ގައި މީޑިއާނެޓް މަލްޓި ސްކްރީންގައި ދެކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޢާއިޝަތު ފުއާދު ތައުފީގު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ "ގުޅުން" މިއީ ވިއްސަކަށް މިނެޓްގެ ކުރު ފިލްމެކެވެ.

"ގުޅުން"ގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ މިއީ ކޮންޓިނުއަސް ވަން ޝޮޓުން ޝޫޓްކޮށްފައި ފިލްމެއް ކަމަށާއި މި ފިލްމަކީ ރިލޭޝަންޝިޕްގެ މައްޗަށް އަލިއަޅުވާލާ ފިލްމެއް ކަމަށެވެ.

https://www.facebook.com/watch/?extid=CL-UNK-UNK-UNK-AN_GK0T-GK1C&v=4126284100784547

ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހަދަނީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހަދަނީ ޢަލީ ޝިފާއު (ޗިއްޕެ) އެވެ.

މި ފިލްމުގެ ތަރިންގެ މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ހަސަން އާދަމް އެވެ.

މި ފިލްމުގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ހުނަރުވެރި އެކްޓްރެސް ރިޝްމީ ރަމީޒް، ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ކުރިއަރަމުން އަންނަ އެކްޓްރެސް އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާ އެވެ.