އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީ މިހާރު އަންނަނީ މުޅި ދުނިޔޭގައި ވެސް އެ މީހުންގެ އަސްލު ހުނަރު ދައްކާލަމުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި ވެސް ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ނެރެފަ އެވެ.
އެގޮތުން ސައުތު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައި ވަނީ އެކްޝަން ކޮމެޑީއަން ފިލްމުތަކަށެވެ. އެގޮތުން ސައުތު ފިލްމުތަކުގައި ފެނިގެން ދިޔަ ކުރީގެ ތަރިންނާ އެއްވަރަށް ފަހުގެ ތަރިން ވެސް އަންނަނީ މި ދާއިރާގައި ފައިތިލަ ސާބިތު ކުރަމުންނެވެ. އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއްކަމަކީ ސައުތު ފިލްމީ ދާއިރާގައި ދެ ބަފައިންގެ ޖޯޑުތައް ވެސް ގިނަކަން ފާހަގަ ކުރެވިފައިވާއިރު އެޖޯޑުތައް ވެސް އެ އިންޑަސްޓްރީގައި އަންނަނީ ރަސްކަން ކުރަމުންނެވެ.
އެގޮތުން ދެބަފައިންގެ ޖޯޑްގެ ތެރޭގައި ވެސް އެންމެ މަގުބޫލު ޖޯޑްތަކަށް ބަލާލާއިރު:
1. ޗިރަންޖީވި އާއި ރާމް ޗަރަން
ސައުތު ފިލްމީ އިންޑަސްޓްރީގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ތަރިއަކީ ޗިރަންޖީވީ އާއި އޭނާގެ ދަރިފުޅު ރާމް ޗަރަން ކަމާ މެދުގައި ދެބަހެއް ނުވާނެ އެވެ. މި ދެބަފައިންނަކީ ވެސް ސައުތުގެ މަގުބޫލު ފިލްމްތަކެއް ކުޅެފައިވާ ދެ ފަންނާނުނެވެ.
ޗިރަންޖީވީ ފިލްމީ ދާއިރާއަށް ނިކުތީ 1978 ވަނަ އަހަރު އެވެ. އެގޮތުން މިހާތަނަށް އައިރު އޭނާ ވަނީ ކާމިޔާބު އެތަކެއް ފިލްމުތަކެއް ކުޅެފައިވާއިރު ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އިންދިރާ" ހިމެނެ އެވެ. ޗިރަންޖީވީ ފަދައިން އޭނާގެ ދަރިފުޅު ރާމް ޗަރަން ވެސް ވަނީ 2007 ވަނަ އަހަރު ނިކުން "ޗިރުދާ" ސައުތު ފިލްމީ އިންޑަސްޓްރީގައި ފާތިލަ ސާބިތުކޮށްފަ އެވެ.
ރާމް ޗަރަން ވަނީ ފިލްމެއަރގެ ބެސްޓް ޓެލުގު އެކްޓަރ އެވޯޑް ހާސިލު ކޮށްފަ އެވެ. ރާމް ޗަރަން ވަނީ ޕްރިއަންކާ އެކު ބޮލީވުޑް ފިލުމެއްގައި ވެސް މަސައްކަތް ކޮށްފަ އެވެ. ސަޕޯޓަރުންގެ ލިސްޓު ގުނާ އަދަަދު ނުކުރެވޭއިރު، ބެލުންތެރިން އެންމެ އިންތިޒާރު ކުރަނީ ބައްޕަ އާ ދަރިފުޅު އެއްކޮށް ފިލްމަކުން ފެނިގެންދާނެ ދުވަހަކަށެވެ.
2. ނަގަރުޖޫނާ އާއި ޗެއިތަންޔާ އަދި އަކިލް
ނަގަރުޖޫނާ އަކީ ސައުތުގެ އިތުރުން ބޮލީވުޑްގެ ވެސް ގިނަ ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ. އޭނާގެ ދެ ފިރިހެން ދަރިފުޅު ވެސް ސައުތު ފިލްމުތަކުން ފެނި، ގިނަ ބައެއްގެ ތާއީދު ހޯދާފައިވާ ދެ ތަރިންނެވެ. މިގޮތުން ޗެއިތަންޔާއަކީ މިވަގުތު ސައުތު އިންޑަސްޓްރީގައި ހުރި އެންމެ ކާމިޔާބު އެއްތަރި އެވެ. 1989 ވަނަ އަހަރު ސައުތު ފިލްމީ ދާއިރާއަށް ފެނިގެންދިޔަ ނަގަރުޖޫނާއަކީ އެތަކެއް ކާމިޔާބު ފިލުމުތަކެއް ކުޅެފައިވާ ތަރިއެކެވެ. ނަގަރުޖޫންގެ ދަރިފުޅު ޗެއިންތަންޔާ ފިލްމް "ޖޯސް"އިން 2009 ފެށިގެން އަންނަނީ ކާމިޔާބު ފިލުމުތަކެއް އުޅެމުންނެވެ.
މި ތިން ބަފައިން އެކުގައި ގިނަ ފިލުމުތަކުގަައި ފެނިފައިވާއިރު އެ ފިލްމްތަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފިލުމުތަކެވެ.
3. މަހޭޝް އާ އޭނާގެ ބައްޕަ ކުރިޝްނާ
ސައުތުގެ މަޝްހޫރު ފިލްމު އެކްޓަރު ޑައިރެކްޓަރު އަދި ޕުރޮޑިއުސަރު ކުރިޝްނާ އެކޭ އެއްގޮތައް އޭނާގެ ދަރިފުޅު ވެސް ނުކުތީ ފިލްމީ ދާއިރާ އަށެވެ. މިދެ ތަރިން ވެސް އަންނަނީ އެ މީހުންގެ އެކްޓިންއިން އެތައް މިލިއަން ބައެއްގެ ހިތްތައް އަތުލަމުންނެވެ.
މަހޭޝް ވަނީ އޭނާގެ ބައްޕަގެ އިތުރުން އަނބިމީހާ ނަމްރަތާއާއެކީ ވެސް މަސައްކަތް ކޮށްފަ އެވެ.