މިދިޔަ އަހަރު ސްކޮޓްލޭންޑްގައި ޝޫޓިންތައް ކުރިއަށް ގެންދިޔަ ސްޕައި ތްރިލާ ފިލްމު "'ބެލް ބޮޓަމް" އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރަން އަކްޝޭ ކުމާރު ނިންމައިފި އެވެ.

އަކްޝޭ މިކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ފިލްމުގެ ވީޑިއޯ ކޮޅެއް ހިއްސާކުރަމުންނެވެ.

ބެލް ބޮޓަމް" އަކީ މިދިޔަ އަހަރު ނުކުތް ކަންނާޑާ ހިޓް ފިލްމު "ބެލް ބޮޓަމް"ގެ ހިންދީ ރީމޭކްއެކެވެ. ކަންނާޑާ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ޚާއްސަކޮށް އެ ފިލްމުގައި 80ގެ އަހަރުތައް ގެނެސްދީފައިވާ ގޮތް ފުރިހަމަކަމުން ގިނަ ބަޔަކު ވަނީ އެ ފިލްމަށް ތައުރީފުކޮށްފަ އެވެ. މި ފިލްމަކީ ޕީރިއަޑް ގޭންގްސްޓާ ޑްރާމާ ފިލްމެކެވެ. ޖެކީ ބަގާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ ވާނީ ކަޕޫރާއި އަކްޝޭ ކުމާރު ސްކްރީނުންއެކުގައި ފެންނަ ފުރަތަމަ ފިލްމަށެވެ.

އަކްޝޭ ކުމާރާއެކު މި ފިލްމުގެ ލީޑް ބަތަލާގެ ރޯލުން ފެނިގެންދާނީ ވާނީ ކަޕޫރު އެވެ. މި ފިލްމުގައި ވާނީގެ އިތުރުން ލާރާ ދައްތާ އަދި ހުމާ ގުރައިޝީ ވެސް ފެނިގެންދާނެ އެވެ.

https://www.instagram.com/p/CQIRUSRFzNr/?utm_medium=copy_link

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގައި ފެނިގެން ދާނީ، 1980 ގެ އަހަރުތަކުގައި އުޅުނު މަޝްހޫރު ބައެއްގެ ވާހަކަތަކެވެ. މި ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ ސޮކްޓްލޭންޑްގަ އެވެ.