އިންޑިއަން ޓެލެވިޒަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ބަތަލާއެއް ކަމަށްވާ ދިވްޔަންކާ ތުރިޕާޓީ މި އިންޓަސްޓްރީގައި މަސައްކަތް ކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އޭނާ އެންމެ މަޝްހޫރު ވެގެންދިޔަ ބައެއް ސީރިޒްއަށް ބަލާއިރު "ބަނޫ މެއި ތެރި ދުލްހަން" އާއި "ޔޭހެ މުހައްބަތޭން" ފާހަގަ ކޮށްލެވެ އެވެ.

ދިވްޔަންކާ ވަނީ ނަޗްބަލިއޭ ސީޒަން 8ގައި އޭނާގެ ފިރިމީހާ ވިވެކް ދަހިޔާއާއެކީ ބައިވެރިވެ، އެ ސީޒަން ކާމިޔާބުކޮށްފަ އެވެ. ދެން ދިވްޔަންކާ ފެނިގެންދާނީ ހަތްރޯ ކީ ކިލާޑީގެ 11ވަނަ ސީޒަން އިން ކަމަށްވާއިރު، އޭނާ ގިނައިން އިހުތިޔާރުކޮށްފައި ވަނީ މޮޅެތި މަޝްހޫރު ޕުރޮޖެކްޓްތަކެކެވެ. ހަމަ މިއާ އެއްގޮތައް ދިވްޔަންކާ ވަނީ ގިނަ ޕްރޮޖެކްޓްތަކަކަށް ނޫނެކޭ ވެސް ބުނެފަ އެވެ. އެގޮތުން "ތާރަކް މެހެތާ ކަ އުލްޓާ ޗަޝްމާ" އަދި "ކިހާ ހުވާ ދޭރާވާދާ" ފަދަ ސީރީޒްތައް ހިމެނެ އެވެ.

ރިޕޯޓެއްގައި ވާގޮތުގައި ސަބް ޓީވީގެ މަގުބޫލު ޝޯއެއް ކަމަށްވާ "ތާރަކް މެހެތާ ކަ އުލްޓާ ޗަޝްމާ"ގެ ދަޔާ ގަޑާގެ ރޯލް ފުރަތަމަ ހުށަހެޅީ ދިވްޔަންކާއަށެވެ. ނަމަވެސް ދިވްޔަންކާ މި ރޯލްކުޅުމަށް އިންކާރުކުރުމުން ދިޝާއަށް މި ރޯލް ލިބުނީ އެވެ. މި ރޯލްއަކީ އިންޓަސްޓްރީގެ އެއްމެ މަގުބޫލު އެންމެ ކާމިޔާބުވެގެންދިޔަ އެއް ރޯލެވެ.

2015 ވަނަ އަހަރު ދިޝާ ކައިވެނި ކޮށްފައި ވަނީ މުމްބާއީގެ ޗާޓަ އެކައުންޓެއް ކަމަށްވާ މަޔޫރު ޕަޑިއާ އާ އެވެ. އޭގެ ދެ އަހަރު ފަހުން މި ދެ މަފިރިންނަށް އަންހެން ކުއްޖެއް ލިބިފައިވާއިރު، އެ ކުއްޖާއަށް ސުތުތީގެ ނަން ވަނީ ކިޔައިފަ އެވެ.

ދިޝާ މެޓާނިޓީ ޗުއްޓީގައި ނަގައިގެން ހުންނަތާ ހަތަރު ވެގެންދިޔައިރު، ތާރަކް މެހެތާ ކަ އުލްޓާ ޗަޝްމާއަށް އޭނާ އެނބުރި އަންނާނެ ކަމެއް އަދި ސާފެއް ނޫނެވެ.