ފަންނާނުންނާއި މަޝްހޫރު ތަރިންގެ ހެދުން އެޅުމުގެ ފެޝަނަކީ ގިނަ ބަޔަކަށް ކަމުދާ ފެޝަން އެކެވެ. އެ ފެޝަން ކޮޕީކޮށް އަމިއްލަ ހެދުން އެޅުމުގައި ބޭނުން ކުރުމަކީ ވެސް ގިނަ ބަޔަކު ކުރާ ކަމެކެވެ.
އެގޮތުން އިންޑިއާގެ އަވަށެއް ކަމަށްވާ ތެލިމޫރާއަށް ނިސްބަތްވާ ސަރަބްޖީތު ސަރްކާރްއަކީ ތަފާތު ގޮތަކަށް މި ފެޝަން ދައްކައިދޭ ޒުވާނެކެވެ.
ފަންނާނުންނާއި މަޝްހޫރު ތަރިންގެ ހެދުންތައް ތައްޔާރުކުރުމުގައި ސަރަބްޖީތު ބޭނުންކުރަނީ މޭވާއާއި ތަކުރާރީއާއި މާމެލާމެލީގެ އިތުރުން ފަތްޕިލާވެއްޔެވެ.
މިތަކެތިން އޭނާ ތައްޔާރުކުރާ ހެދުންތައް އޭގެ އަސްލާ ދާދި އެއްގޮތެވެ. އެ ހެދުންތައް އޭގެ އަސްލާއެކު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ހެދުންތަކަށް ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު ދަނީ ލިބެމުންނެވެ.
ސަރަބްޖީތުގެ މި ހުނަރުގެ ސަބަބުން އޭނާއަށް ވަނީ އިންޑިއާގެ ފެޝަން ޓުއާއެއްގެ ރޭމްޕްގައި ހިނގުމުގެ ފުރުސަތު ލިބިފަ އެވެ. ފެޝަން ޑިޒައިނާ ޖޯޑެއް ކަމަށްވާ އަބޫ ޖާނީ އާއި ސަންދީޕް ކޯސްލާ ގެ ޕްރައިޑް ފެޝަން ޓުއާގައި ސަރަބްޖީތު ވަނީ އޭނާގެ ހުނަރު ދައްކާލާފަ އެވެ.
މިއީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ސަރަބްޖީތަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ. ލިބުނު ކާމިޔާބީއާއެކު ސަރަބްޖީތު ވަނީ އޭނާއާއަކީ ވިލެޖް ފެޝަން އިންފްލުއެންސާއެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.
ދަރިވަރުންނަށް: ސާނަވީ އިމްތިހާނަށް ތައްޔާރުވާން އެހީއެއް!
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!
ސްޓްރެސް ވުމުން "ބަނޑު ސަކަރާތް" ވަނީ ކީއްވެ؟