ލޯބީގެ ތަފާތު ވާހަކަތަކެއްގެ މައްޗަށް އަހުމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ "ހެހެސްް" ފިލްމުގެ ފަސްޓްލުކް ރިލީޒްކޮށްފި އެވެ.

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ އިތުރުން ޝާނީޒް އަލީ ޕްރޮޑިއުސް ކޮށްފައިވާ ފިލްމް "ހެހެސް"ގެ ފަސްޓުލުކް ރިލީޒްކޮށްފައިވާއިރު، މިފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ މީޑިއާނެޓްގެ މަލްޓި ސްކްރީންގައި އެވެ.

މި ފިލްމް މިއަހަރު ރިލީޒްކުރަން ނިންމި ނަމަވެސް ވަކި ދުވަހެއް އިއުލާން ނުކުރެ އެވެ.

"އިން ފަހަނައެޅި އިޝްގް" މި ޓެގްލައިން ބޭނުންކޮށްފައިވާ ފިލްމް "ހެހެސް" އަކީ ލޯބީގެ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައި ސަސްޕެންސް ތްރިލާއެކެވެ.

https://www.facebook.com/watch/?v=868217297410099

ފިލްމު "ހެހެސް"ގެ ކާސްޓުންގެ ތެރޭގައި ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) ހިމެނޭއިރު ބަތަލާއިންގެ ގޮތުގައި މި ފިލުމުގައި ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ ތަރިން ކަމަށްވާ އިރުފާނާ އިބްރާހިމާއި މަރިޔަމް ޝިފާގެ އިތުރުން ވާޝިޔާ މުހައްމަދު އެވެ.

ފިލްމުގެ ވާހަކަ އަދި ސްކްރީން ޕްލޭ ލިޔުނީ ޔޫއްޕެ އެވެ. ބ. ގޮއިދޫގެ އިތުރުން މާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމު ކެމެރާ ކުރީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ.