ވިއެނާ (05 ޖުލައި) - އޮސްޓްރިއާގެ ރައްޔިތަކަށް މިވަނީ ފިލްމުތަކުންނާއި ޓީވީތަކުން ނޫނީ ނުފެންނަ ފަަދަ ކަމަކާ ކުރިމަތިވެފަ އެވެ.

އެ މީހާ ހެނދުނު ފާހާނާ ބޭނުންކުރަމުން ދަނިކޮށް ޖަންގްޝަން ތެރެއިން ބޮޑު ހަރުފައެއް އައިސް އޭނާގެ ހަށިގަނޑުގައި ދަތްއެޅުމުން އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

އުމުރުން 65 އަހަރުގެ އެ ފިރިހެން މީހާގެ ގައިގައި ދަތްއެޅި ހަރުފައިގެ ދިގުމިނުގައި ގާތްގަނޑަކަށް 1.6 މީޓަރު (ގާތްގަނޑަކަށް ފަސް ފޫޓު) ހުންނާނެ ކަމަށް ލަފާކުރެވޭއިރު އެއީ އެލްބީނޯ ރެޓިކިއުލޭޓަޑު ޕައިތަން ނަމަކަށް ކިޔާ ހަރުފައެއް ކަމަށް އެ ސަރަހައްދުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަރުފައިގެ ހަމަލާ އިން އެ މީހާގެ ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް އަނިޔާ ވެފައިވާއިރު އެ އަނިޔާތަކަށް އޭނާ ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދާފަ އެވެ.

މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކުއްލި އެހީތެރިން ވަނީ އެ ސަރަހައްދަށް އައިސް ޖަންގްޝަން ތެރެއިން ހަރުފަ ނަގާ އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

ވިހަނުލާ އެގާރަ ހަރުފަ ގެންގުޅޭ އެމީހާގެ 24 އަހަރުގެ އަވަށްޓެރިޔާ ވަނީ ފަރުވާ ކުޑަކުރުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުން ލިބުމަށް މަގުފަހިކޮށްދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. -- ރޮއިޓާސް