ސާރާ އަލީ ޚާން މިދިޔަ ހޮނިހިރު ދުވަހު މުމްބާއީ އެއާޕޯޓު ތެރެއިން ވަނީ ފެނިފަ އެވެ.

ނޫސްވެރިންނާއި އާންމުންނަށް އެންމެ ބޮޑަށް އަޅައިގަނެގެންފައި ވަނީ ސާރާ ލައިގެން ހުރި ހެދުމެވެ.

ސާރާ ލާފައި ވަނީ ގަދަ ނޫ ކުލައިގެ ޑެނިމް ޖަމްޕްސޫޓް އެކެވެ. އަދި މި ޖަމްޕްސޫޓް ޑިޒައިން ކޮށްފައިވަނީ ބްރޭންޑް ހައުސް އޮފް އެޑާ އިންކަން ފާހަގަކޮށްލެވެ އެވެ. ސާރާގެ މި ޖަމްޕްސޫޓްގެ އަގަކީ 10،000 އިންޑިޔަން ރުޕީސް (134.03 ޑޮލަރު) އެވެ.

ސާރާ ފެނިފައި ވަނީ ޖަމްޕްސޫޓްގެ ކުލަ އާ ގުޅޭގޮތަށް ގަދަ ނޫކުލައިގެ މާސްކެއް ވެސް އަޅައިގެން ހުއްޓަ އެވެ.

ހެދުން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ސާރާ ވަނީ ސްލިންގް ދަބަހަކާއި ބޮލުގައި ތޮތްޕެއް ވެސް އަޅާފަ އެވެ. ކޮންމެ އަކަސް ސާރާގެ މި ސްޓައިލް އާންމުންނަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

ސާރާގެ ކުރިޔަށް ރިލީޒް ކުރަން ހުރި ފިލްމްތަކަށް ބަލާއިރު އާނަންދު އެލް ރާއީގެ "އަތްރަންގީ ރޭ" ފާހަގަކޮށްލެވެ އެވެ. މި ފިލްމުގައި ސާރާ ފެނިގެންދާނީ އަކްޝޭ ކުމާރު އަދި ދަނުޝް އާއެކު ބިހާރްގެ އަންހެން ކުއްޖެއްގެ ރޯލުންނެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުގެ ހަވަނަ ދުވަހު އެވެ.