އެކްޝަން ގިނަ ފިލްމުތަކަކުން ފެނިފައިވާ މަޝްހޫރު ބޮލީވުޑް ތަރި ވިދްޔުތު ޖަމްވާލާ ފިލްމެއް ޕްރޮޑިއުސްކުރުމަށް ތައްޔާރުވެއްޖެ އެވެ.

ވިދްޔުތު ބުނެފައި ވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސް އެކްޝަން ހީރޯ ފިލްމްސްއިން އުފެއްދުމަށް ނިންމާފައިވާ ފިލްމު "IB 71" އަކީ އިންޑިއާގެ އިންޓެލިޖެންސް އޮފިސަރުގެ މައްޗަށް ތައްޔާރުކުރާ ފިލްމެއް ކަމަށެވެ. މިފިލްމުގެ ޑައިރެކްޓަރަކީ ގައުމީ އެވޯޑް ލިބިފައިވާ ސަންކަލްޕް ރެޑީ އެވެ. އަދި މިފިލްމަކީ އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

އެކްޝަން ހީރޯ އާއި ރެލިއެންސް އެންޓަޓެއިންމަންޓާ ގުޅިގެން އުފައްދާ މިފިލްމުގައި ވިދްޔުތު ފެނިގެންދާނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުންނެވެ.

https://www.instagram.com/p/CRf8bI3sZhq/?utm_medium=copy_link

ރެލިއެންސް އެންޓަޓެއިންމަންޓްގެ ސީއީއޯ ޝިބާސިޝް ސަރްކާރް ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ ތާރީހާ ގުޅޭ މިފަދަ ހާދިސާތަކަށް ފިލްމު ހެދުމަކީ އިންޑިއާގައި މާ އާންމު ކަމެއް ނޫނެވެ. މިހެންކަމުން މި ފިލްމާ ދޭތެރޭ ގިނަ އުއްމީދުތަކެއް ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި ފިލްމު ރިލީޒް ކުރެވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.

ވިދްޔުތް ނެރެފައިވާ ބަޔާން

ވިދްޔުތުއަކީ ބޮލީވުޑްގައި ވިދަމުން އަންނަ ތަރިއެކެވެ. ބޮލީވުޑްގެ އިތުރުން ވިދްޔުތް މިހާރު ވަނީ ހޮލީވުޑްގައި މަސައްކަތްކުރުމަށް ވެސް ތައްޔާރުވެފަ އެވެ.