މަނޯޖް ބާޖްޕާއިގެ ކުރިއަށް އޮތް ޝައުގުން ފުރިގެންވާ ތުރިލަ ފިލްމު "ޑައިލް 100" އަންނަ މަހު ހައެއްގައި ރިލީޒްކުރަން ނިންމައިފި އެވެ.

މަނޯޖްގެ ތުރިލާ ފިލްމު "ޑައިލް 100"ގެ ޓްރެއިލާ ނެރުނުއިރު، މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ޒީ 5 އިންނެވެ.

މިފިލްމުގައި ދެން ފެންނާނީ "ބަދާއި ހޯ'"ގެ އެކްޓަރެސް ނީނާ ގުޕްތާ އަދި "ބަޑޭ އައްޗޭ ލަގްތޭ ހޭ" ޑްރާމާގެ އެކްޓަރެސް ޝާކްޝީ ތަންވާރް އެވެ.

ރެންސިލް ޑިސިލްވަރު ޑައިރެކްޓުކުރާ މި ފިލްމުގައި ދައްކުވައިދެނީ ގޮތްނޭގޭ ކޯލް އެއްގެ ސަބަބުން އެންމެންގެ ދިރިއުޅުން އެފުށް މިފުށަށް އެންމެ ރެއަކުން ޖެހޭ ގޮތެވެ.

ދެ މިނެޓް 51 ސިކުންތުގެ މިޓުރެއިލާގައި ދައްކުވައިދެނީ ސީމާ ޕައްލަވް ( ނީނާ ގުޕްތާ) ޕޮލިސް ކޮންޓުރޯލް ރޫމްއަށް ނިކިލް ސޫދް (މަނޯޖް ބާޗްޕައި )ހޯދުމަށް އަށް ގުޅާ އާދަޔާ ހިލާފު ކޯލެކެވެ. އެ ވަގުތު ވާނުވާގައި އޭނާހުރި އިރު އޭނާގެ އަންހެނުން (ޝާކްޝީ ތަންވާރު) އާއި ދަރިފުޅު ރަހީނު ކޮށްގެން ނީނާ އުޅޭ މަންޒަރު ފެނިގެންދެ އެވެ.

"ޑައިލް 100" ފިލްމަކީ ޒީ5 އޮރިޒިނަލް ފިލްމެކެވެ.