ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް-19 ވެކްސިން އާއި ބޭސް ގަތުމަށްތަކައި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޓީމުން 12 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ނިންމައިފި އެވެ.
މި ފައިނެންސިން ޕްލޭނަކީ ތަރައްގީވަމުން އަންނަ ގައުމުތައް ކޮވިޑް-19 ޕެންޑެމިކް އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމަށްޓަކައި 2021 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދޭން ހަމަޖެހިފައިވާ 160 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ބައެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައި ވެ އެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި މި ފައިނެންސިން ޕްރޮގްރާމުން ގަައުމުތަކަށް ވެކްސިން ގަނެ އެ ވެކްސިން ފުޅާ ދާއިރާއެއްގައި ބެހުމަށް މަގުފަހިވެގެންދާނެ އެވެ.
"މި ޕެކޭޖުގެ ސަބަބުން ތަރައްގީވަމުން އަންނަ މެދު ފަންތީގެ ގައުމުތަކަށް ވެސް ރައްކާތެރި އަދި ރަނގަޅު ބޭސް ލިބެން ޖެހޭނެކަން ބޭސްއުފައްދާ ކުންފުނިތަކަށް ސިގްނަލް ކޮށްދޭނެ،" ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
ރަމަޟާން މަސް ނިމެންދެން ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް
އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކަކީ އުންމީދީ ފެށުމެއް: އައްބާސް
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
