މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އިތުރު ކައިވެންޏެއް ކޮށްފި އެވެ.
ޔޫއްޕެ ކައިވެނިކޮށްފައި ވަނީ ރ. މަޑުއްވަރީ އަށް ނިސްބަތްވާ އަންހެނަކާ އެވެ. މިއީ އަންހެން މީހާގެ އަލަތު ކައިވެނި ނަމަވެސް ޔޫއްޕެގެ ފަސް ވަނަ ކައިވެންޏެވެ.
ޔޫއްޕެ މީގެ ކުރިން ކުރި ހަތަރު ކައިވެނީގެ ތެރެއިން ދެ ކައިވެންޏަށް ދަރިން ލިބިފައިވެ އެވެ. އެއީ އޭނާގެ ފުރަތަމަ ކައިވެންޏަށާއި ދެވަނައަށް ކައިވެނިކުރި ފިލްމީ ތަރި ފާތިމަތު ފަރީލާއަށެވެ.
ޔޫއްޕެ ވަނީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީއާ ވެސް ކައިވެނި ކޮށްފަ އެވެ. ނަމަވެސް ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ، އެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ.
ޔޫއްޕެއަކީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. މިހާރު ޔޫއްޕެ ކުރިއަށް އޮތް ޑްރާމާ ސިލްސިލާއަށް ފަންނާނުން ހޯދުމަށް ވަނީ އިއުލާނު ކޮށްފަ އެވެ.
ސޮނާކްޝީއާއެކު މަސައްކަތް ކުރަން ރަންބީރު ދެކޮޅުހެދި ސަބަބު!
ފައިސާތައް ފޭރުނު މީހުން ލޯންޗުގައި ދިޔައީ ހުރާއަށް!
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!

ސާބަހޭ ބުނެވޭނީ.... މިފަހަރު ވެސް އިހިނަގާ ނުވަތަ އޮނަށް ފުމޭނެބާ... އެހެން ނުވިއްޔާ ރަގަޅި... ވަރަށް އުފާވެރި ދުވަސް ތަކަކަށް އެދެން