ބަރަހަނާ ފިލްމު އުފެއްދިކަމުގެ ތުހުމަތުގައި ޝިލްޕާ ޝެޓީގެ ފިރިމީހާ ހައްޔަރުކުރި ފަހުން އޭނާއަށް ވަނީ ފާއިތުވި ދުވަސްތަކުގައި ދަތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ފާއިތުވި ދުވަސްތަކުގައި ޝިލްޕާ ވަނީ ވަނީ މީޑިއާ އާ ދުރަށް ޖެހިފަ އެވެ. އަދި މަދު ފަހަރަކު ނޫނީ މީހުންގެ ތެރެއަށް ނުކުމެ އުޅެފައެއް ނުވެ އެވެ.

ސޮނީ ޓީވީން ދައްކާ މަގުބޫލު ރިއަލިޓީ ޝޯ "ސުޕަ ޑާންސަ ޗެޕްޓާ 4" އިން ވެސް ޝިލްޕާ ވަނީ ގެއްލިފަ އެވެ. ނަމަވެސް ތިން ހަފްތާ ޝޯ އާ ދުރުގައި ހުރުމަށްފަހު ޝޯގެ ޖަޖެއްގެ ގޮތުގައި ޝިލްޕާ އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.

46 އަހަރުގެ އެކްޓްރެސް ވަނީ އަންގާރަ ދުވަހު މި ޝޯގެ އެޕިސޯޑެއް ޝޫޓްކޮށް ނިންމައިފަ އެވެ. އެ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައި ވަނީ މި ހަފްތާ ބަންދުގައި ސޮނީ ޓީވީންނެވެ.

https://www.instagram.com/p/CStWn_pK3ma/?utm_source=ig_embed&ig_rid=1d1a2bee-ba5e-4246-a9b8-077b56f548fe

ޝިލްޕާ ބައިވެރިނުވާ ހަފްތާތަކުގައި އޭނާގެ ބަދަލުގައި ޝޯއަށް ވަނީ ގެސްޓު ޖަޖުންގެ ގޮތުގައި ބޮލީވުޑްގެ ބައެއް ތަރިން ގެނެސްފަ އެވެ. އޭގެ ތެރޭގައި ކަރިޝްމާ ކަޕޫރް؛ ޖެނެލިޔާ ޑިސޫޒާ؛ ރިތޭޝް ދޭޝްމުކް އަދި ސޮނާލީ ބެންޑުރެ ވަނީ ޝިލްޕާގެ ބަދަލުގައި ޝޯ ޖަޖްކޮށް ދީފަ އެވެ.