އައްޑޫ ސިޓީގެ ހިތަދޫ ފިރާއަކަށް ގްރޫޕަކުން ވަދެ، އެ ފިހާރައިގެ ތެރޭގައި ހުރި މީހަކަށް ވަޅިން ހަމަލާދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫ ފިހާރައަކަށް ވަދެ މީހަކަށް ވަޅިން ހަމަލާދީފައި ވަނީ މިރޭ 7:30 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އަނިޔާ ލިބިފައި ވަނީ 42 އަހަރުގެ މީހަކަށް ކަމަށާއި އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިދާ ހިނގީ ހިތަދޫ 3އެސް ފިހާރައިގައެވެ. އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ވަގުފް ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މަރަން ހުކުމްކޮށްފި
ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ނެތުމުން: ނަޝީދު
