ޕެންސިލްވޭނިއާގެ އަވަށެއްގައި މަސައްކަތްކުރަމުން ދިޔަ ދިރާސާވެރިން ތަކަަކަށް ވަރަށް އަޖައިބުކުރުވަނިވި ދޫންޏެއް ފެނިއްޖެ އެވެ.

ރޯސް-ބްރެސްޓެޑް ގްރޮސް ބީކް ނަމަކަށް ކިޔާ ދޫނީގެ މޭމައްޗާއި "ވިންޖް ޕިޓް" ގައި ފިޔާތޮށި ކުލަ ހުރިއިރު ކަނާތްފަރާތު ފިޔަތަކުގައި ހުރީ ކަޅުކުލައިގެ ފަތްތަކެވެ. މިއީ ފިރިހެން ދޫނިތަކުގައި އާންމުކޮށް ހުންނަ ޝޭޑެކެވެ. އެހެން ނަމަވެސް މި ދޫނީގެ ވާތްފަރާތު ފިޔަތަކުގައި ހުރީ އަންހެން ދޫނީގައި ހުންނަ ރީނދުލާއި ބްރައުން ކުލަ އެވެ.

މި ދޫނި ފެނުނު ދިރާސާވެރިންގެ ޓީމުގެ އިސްވެރިޔާ އެނީ ލިންޑްސޭ ވިދާޅުވި ގޮތުގައި އެވަގުތު އެމީހުން މަސައްކަތް ކުރަމުންދިޔައީ ޕައުޑާމިލް ނޭޗާ ރިޒާވްގައި އެކި ދޫނިތަކުގައި އައިޑެންޓިފިކޭޝަން ބޭންޑް ހަރުކުރުމުގެ މަސައްކަތެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ދޫންޏެއް ކަމަށާއި އެންމެ ފަހުން އޭނާއަށް މީގެ ދޫންޏެއް ފެނިފައި ވަނީ މީގެ 15 އަހަރު ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިނެންޑްރޮމޯފްގެ ނަމުން ނަންދެވިފައިވާ މިޒާތުގެ ދޫނީގެ އިތުރުން ކަކުންޏާއި އިހި ފަދަ ތަކެތި ވެސް އުޅެ އެވެ. އާންމުކޮށް މިގޮތަށް ދިމާވަނީ ދެ ސްޕާމް އެއް ބިސް ފާޓަލައިޒް ކުރާ އިރު އޭގެ ތެރޭގައި އެއް ނިއުކްލިއައިގެ ބަދަލުގައި އެއް ނިއުކްލިއައި އޮތުމުންނެވެ. އެހެންކަމުން ބިހުގެ އެއްފަޅީގައި ފިރިހެން ކްރޮމޮޒޯމް އަދި އެއް ފަޅީގައި އަންހެން ކްރޮމޮޒޯމް އުފެދެން މެދުވެރިވެ އެވެ.