"މަނީ ހެއިސްޓް" ގެ ފަސް ވަނަ ސީޒަން މިއަދު ރާއްޖެ ގަޑިން މެންދުރު ބާރަ ޖަހާއިރު ނެޓްފްލިކްސްއިން ދައްކަން ފަށާނެ.

ނެޓްފްލިކްސް އިން މިއަދު ދެއްކުމަށް ހަމަޖެހިފައިވާ "މަނީ ހެއިސްޓް" ފަހު ސީޒަންގެ އިންތިޒާރުގައި އެތައް މިލިއަން ބަޔަކު ތިބިއިރު މަނީ ހެއިސްޓް ރިލީޒް ކުރުމުން ވަގުތުން އެ ސީރީޒް ބަލަން އެތައް ބަޔަކު ބޭނުންވާނެކަން ޔަގީނެވެ. ރާއްޖޭގައި ވެސް ގިނަ ބަޔަކު "މަނީ ހެއިސްޓް" ސީރީޒް އަންނަނީ ބަލަމުންނެވެ.

މަނީ ހައިސްޓްގެ އެންމެ ފަހު ސީޒަނުގެ ފުރަތަމަ ފަސް އެޕިސޯޑް މިއަދު ނެޓްފްލިކްސްއިން ދައްކަން ފަށާއިރު ފަހު ފަސް އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ.

"މަނީ ހެއިސްޓް"ގެ ފަހު ސީޒަންގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބާ ރޭ ވަނީ މި ސީޒަންގެ ފުރަތަމަ އެޕިސޯޑްގެ ފުރަތަމަ 15 މިނެޓު ބެލުންތެރިންނަށް ދައްކާލާފަ އެވެ. މި 15 މިނެޓު ބަލައިފި މީހަކު ހުންނާނީ މަނީ ހައިސްޓް އެއްކޮށް ބަލަން ކެތްމަދުވެފައި ކަން ޔަގީނެވެ.

ރޭ ދައްކާލި މި 15 މިނެޓުގައި ފެނިގެންދަނީ ދެވަނަ ހައިސްޓްގެ ނިމުމަކަށް އައިސް އެކަން ކާމިޔާބުވުމުގެ ކޮޅުމަތި ފެނުމުން އެކަމުގެ އުފަލުގައި ހުއްޓާ އިނިސްޕެކްޓަރު އައިސް ޕްރޮފެސަރު އަތުލައިގަންނަ މަންޒަރެވެ. އަދި އޭނާ ގޮނޑިއެއްގައި ބޭންދުމަށްފަހު ޗޭނު އޮޅައި ބަނދެ، އިނިސްޕެކްޓަރު ޕްރޮފެސަރާ ސުވާލުކޮށް އޭނާގެ ޕްލޭން ކިޔައިދިނުމަށް އެދެ އެވެ. އަދި ނިމޭ ހިސާބުން ޕްރޮފެސަރުގެ ފަޔަށް ވަޒަނެއް އަރާ މަންޒަރު ވެސް ފެނިގެންދެ އެވެ.

https://www.youtube.com/watch?v=kunyZGu6y04

"މަނީ ހެއިސްޓް" ގެ ފަސް ވަނަ ސީޒަން މިއަދު ރާއްޖެ ގަޑިން މެންދުރު ބާރަ ޖަހާއިރު ނެޓްފްލިކްސްއިން ދައްކަން ފަށާނެ އެވެ.

ސްޕެނިޝްގެ މި ޑްރާމާ ސީރީޒް އަކީ 2017 ވަނަ އަހަރު ފެށިގެން ސެޓްފްލިކްސް އިން ދައްކަވުން ގެންދާ ސީރީޒެކެވެ. އެލެކްސް ޕީނާ އުފައްދާފައިވާ މި ސީރީޒް އަކީ ދުނިޔޭގެ އެކި ހިސާބުތަލުން 34 މިލިއަން މީހުން ބަލާފައިވާއިރު އިނގިރޭސި ބަސް ނޫން އެހެން ބަހަކުން ނެޓްފްލިކްސް ގެނެސްދިން ސީރީސްއަކަށް އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފުރަތަމަ ސީރީޒެ އެވެ.

މި ސީރީޒްގައި މިހާތަނަށް 04 ސީޒަނެއްގައި ޖުމްލަ 31 އެޕިސޯޑް ވަނީ ގެނެސްދީފަ އެވެ.

https://www.youtube.com/watch?v=mfcZXXP0kZw