ފޭސްބުކްއާއި އެކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕްއާއި އިންސްޓަގްރާމް އަދި މެސެންޖާ ގެ ޚިދުމަތްތައް މަދު ވަގުތުކޮޅަކަށް މެދު ކެނޑުމާއެކު ފޭސްބުކްގެ އެއް ބާނީ މާކް ޒަކަބާގަށް ބޮޑު ގެއްލުމެއް ވެއްޖެ އެވެ.
ރޭ ހަ ގަޑިއިރެއްހާއިރަށް މި އެޕްލިކޭޝަންތަކުގެ ހިދުމަތް މެދުކެނޑިފައިވާއިރު، މިކަމުގެ ސަބަބުން ހިއްސާގެ ބާޒާރުގައި ފޭސްބުކްގެ ހިއްސާގެ އަގު ވަނީ 4.9 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އެއާއެކު ޒަކަބާގްގެ މިލްކިއްޔާތުން ހަތް ބިލިއަން ޑޮލަރު ގެއްލި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގެ ފަސްވަނައަށް އޭނާ ވަނީ ވެއްޓިފަ އެވެ. މިހާރު އޭނާގެ މިލްކިއްޔާތަކީ 121.6 ބިލިއަން ޑޮލަރެވެ.
ފޭސްބުކްއާއި އެއާ ގުޅިފައިވާ އެހެން އެޕްލިކޭޝަންތަކުގެ ހިދުމަތް މެދުކެނޑުނީ ކޮންފިގަރޭޝަނަށް ގެނެވުނު ނުރަނގަޅު ބަދަލަކުން ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މިހާރު ގިނަ ހިސާބުތަކަށް ވަނީ އަލުން ހިދުމަތް ދޭން ފަށާފަ އެވެ.
މި ކަމުގެ ސަބަބުން ޒަކަބާގްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، އޭނާ ވަނީ ފޭސްބުކްގެ ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް މައާފަށް އެދި ޓުވީޓް ކޮށްފަ އެވެ.
ފޭސްބުކް އާއި އެއާ ގުޅިފައިވާ އެޕްލިކޭޝަންތަކަކީ ގިނަ ބަޔަކު ބަރޯސާވެފައިވާ އެޕްލިކޭޝަންތަކަކަށްވުމާއެކު އެ އެޕްލިކޭޝަންތަކުގެ ހިދުމަތްތަކަށް އަންނަ ކުޑަ ކުޑަ ބަދަލަކީ ވެސް ބޮޑު އަސަރެއް ކުރާނެ ބަދަލުތަކެއް ކަމަށް މާހިރުން ބުނެ އެވެ. -- ޗެނަލް ނިއުސް އޭޝިއާ
 ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި
			ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި
		 "މޫޑް" ބަދަލުވަނީ މޫސުމުގެ ސަބަބުންތަ؟
			"މޫޑް" ބަދަލުވަނީ މޫސުމުގެ ސަބަބުންތަ؟
		 ހުޅުމާލޭން ދޫކުރި ގޯތިތަށް ސަރުކާރަށް ނަގަން ފަލާހު ގޮވާލައިފި
			ހުޅުމާލޭން ދޫކުރި ގޯތިތަށް ސަރުކާރަށް ނަގަން ފަލާހު ގޮވާލައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					