ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ އެންޓަޓެއިންމެންޓުން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯވ "ސުޕަ ޑާންސާ ޗެޕްޓާ 4"ގެ ގްރޭންޑް ފިނާލޭ މިރާ ދެއްކުމަށް ހަމަޖެހިއްޖެ އެވެ.

މިފަހަރުގެ "ސުޕަ ޑާންސާ ޗެޕްޓާ 4" ފަސް ފައިނަލިސްޓުންނަކީ ފްލޮރީނާ ގޯގޯ، ސަންޗިތު ޗަނާނާ، ޕްރިތުވިރާޖް ކޮންގާރީ،އީޝާ މިޝްރާ އަދި ނީރްޖާ ތިވާރީ އެވެ. މިބައިވެރިންގެ ކޮރެއޯގްރާފަރުނަކީ ތުޝާރް ޝެޓީ، ވަރްތިކާ ޖާ،ޝުބްރަނީލް ޕޯލް، ސޮނާލީ ކަރް އަދި ބާވްނާ ކަންޑޫޖާއެވެ.

މިރޭ ރާއްޖެ ގަޑިން 7:30 ގައި ފަށާ މިޝޯގެ ފައިނަލް އެޕިސޯޓްގައި މި ފަސް ފައިނަލިސްޓުންގެ އިތުރުން މިޝޯގައި ބައިވެރިވި އެހެން ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ. އޭގެ އިތުރުން ޝޯވގެ ޖަޖުން ކަމަށްވާ ޝިލްޕާ ޝެޓީއާއި ގީތާ ކަޕޫރްގެ ފަރި ހަރަކާތްތައް ވެސް ފިނާލޭގައި ފެނިގެންދާނެ އެވެ.

https://www.youtube.com/watch?v=EnLuNJAfYdY

މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ދައްކަން ފެށި "ސުޕަ ޑާންސާ ޗެޕްޓާ 4" 13 ބައިވެރިޔަކު ވަނީ ފެނިގެން ގޮސްފަ އެވެ.

ޖަޖުންގެ މާކްސްއާއި ބެލުންތެރިންގެ ވޯޓުން ސުޕަ ޑާންސާ އެއް ހޮވިގެންދާއިރު މިރޭގެ ޝޯގައި ހާއްސަ މެހެމާނުންގެ ގޮތުގައި ކޮރެއޯގްރާފަރު ޓެރެންސް ލުވިސްއާއި ނެށުންތެރިޔާ ރާގަވް ޖުޔަލްގެ އިތުރުން ލަވަކިޔުންތެރިޔާ ބާދުޝާހް ބައިވެރިވާނެ އެވެ.

https://www.youtube.com/watch?v=3Sr-EHsWdsU

ކުރީގެ 3 ސީޒަނެކޭވެސް އެއްގޮތަށް މި ސީޒަންވެސް ޖަޖުކުރީ ކޮރެއޯގްރާފަރު ގީތާ ކަޕޫރާއި ބަތަލާ ޝިލްޕާ ޝެޓީގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ބާސޫއެވެ. ހޯސްޓްކުރީ ރިތުވިކް ދަންޖާނީއާއި ޕަރީތޯޝް ތުރިޕާތީ އެވެ.

https://www.youtube.com/watch?v=n-8uYFW9_Gs