މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގެ ނަން ބަދަލުކޮށް އަންނަ ހަފްތާގައި ރީބްރޭންޑްކުރަން ހަމަޖެހިފައިވާ ކަމަށް ކަމާ ބެހޭ މަސްދަރަކާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
ޓެކްނޮލޮޖީ މަޖައްލާއެއް ކަމަށްވާ ދަ ވާޖްއިން ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ފޭސްބުކް ރީބްރޭންޑް ކުރަން އެކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ނިންމާފައި ވަނީ މިމަހު 28 ގައި އޮންނަ އެ ކުންފުނީގެ އެނުއަލް ކަނެކްޓް ކޮންފަރެންސްގަ އެވެ.
ފޭސްބުކްއަށް މި ގެނެވޭ ބަދަލަކީ ވާޗުއަލް ރިއަލިޓީއާއި އޯގްމެންޓޭޓަޑް ރިއަލިޓީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާ ރަނގަޅު ކޮށްދޭނެ ބަދަލެއް ކަމަށް ބުނެވެ އެވެ.
ރީބްރޭންޑް ކުރުމާއެކު ފޭސްބުކްގެ ދަށުން ހިނގަމުން އަންނަ އިންސްޓަގްރާމްއާއި ވަޓްސްއެޕްގެ އިތުރުން އެހެން އެޕްލިކޭޝަންތައް ވެސް އެއް ބެލެނިވެރި ކުންފުންޏެއްގެ ދަށަށް ގެނެވޭނެ އެވެ.
ފޭސްބުކްއިން މި ވާހަކަތަކާ ބެހޭ ގޮތުން އެއްވެސް ބަހެއް ބުނެފައި ނުވާއިރު މި ބަދަލާއެކު ޓެކްނޮލޮޖީގެ ދުނިޔެއަށް އަންނާނެ ބަދަލުތައް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. – ޚަލީޖް ޓައިމްސް
މަޝްވަރާކުރުމެއް ނެތި 14 ބިމެއް ސަރުކާރަށް ނެގުމުން ފާޑުކިޔަނީ
މާލޭގެ 14 ބިމެއް ސަރުކާރުން ނެގި މައްސަލަ ކޯޓަށް ހުށަހަޅަނީ
ހަޔާތުގެ އެންމެ ފުން އަނދަވަޅަކީ "ޖަސްޓިސް ލީގް": ބެން އެފްލެކް