ބުޝަން ކުމާރުގެ ޓީ ސީރީޒުން ގެނެސްދިނުމަށް ނިންމާފައިވާ އިންޑިއާގެ ވައިގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ ޕެރަޓްރޫޕަރުންގެ ވާހަކަ ކިޔައިދޭ ފިލްމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ސޮއިކޮށްފި އެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އަދިތިޔާ ނިމްބާލްކަރް ޑައިރެކްޓްކުރާ ވަތަނީ ފިލްމުގެ ނަމަކަށް ދީފައިވަނީ "ބުލް" ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އަސީމް އަރޯރާ އާއި ޕަރްވީޒް ޝައިހްގެ ސްކްރީން ޕްލޭއަކަށް ހަދާ މިފިލްމުގެ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތްތަކުން އަދި މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން ޝާހިދުގެ ކުރިއަށްއޮތް ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ފިލްމު ކުންފުނިން އުފައްދާ ފިލްމަކަށް ވެސް ވަނީ ސޮއިކޮށްފަ އެވެ. އެއީ ފްރާންސްގެ 2011 ގެ އެކްޝަން ތުރިލާ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) ގެ ރިމޭކެކެވެ.
ޝާހިދު ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ޑިސެމްބަރުމަހު ރިލީޒްކުރާ "ޖާޒީ" އިންނެވެ.
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި
ހިތަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ
ކުޑަ ފީއަކާއެކު އަކްޝޭއަށް ބޮޑު މޮޅެއް!