ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ތަޖުރިބާކާރުން ނުވަތަ ނަފްސާނީ މާހިރުން ނަފްސާނީ ދުޅަހެޔޮކަން މާނަ ކުރަނީ ހަމައެކަނި ނަފްސާނީ ގޮތުން ބޮޑު ބަލިމަޑުކަމެއް ތަހައްމަލް ކުރަން ޖެހުމެއް ނޫނެވެ. ނަފްސާނީ ދުޅަހެޔޮކަން މާނާ މި ކުރަނީ ތިމާގެ އަމިއްލަ ގާބިލްކަން ދެނެގަތުމާއި ދިރިއުޅުމުގައި ތިމާއަށް ދިމާވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމުގެ ހިތްވަރު ހުރުމެވެ. ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންތަކުގެ ތެރޭގައި ތިމާގެ ވެށި ނުވަތަ ތިމާގެ މާހައުލް، މިޒާޖް ހިމެނިގެންދެ އެވެ.
ނަފްސާނީ ދުޅަހެޔްކަމައް ފަރުވާ ހޯދަން ފަސްޖެހެނީ ކީއްވެ؟
ބަވަނަވަމުންދާ މި ދުނިޔޭގައި ވެސް އިންސާނަ އިލްމީ ގޮތުން ކިތަންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ކަމުގައިވީ ނަމަވެސް އަދިވެސް ބައެއް ކަންކަމުގައި ވަރަށް ކޮށި ވިސްނުންހުރެ އެވެ. މިހެން ބުނަން ޖެހުނީ ބައެއް ފަރާތްތަކުން ނަފްސާނީ ބަލި ތަހައްމަލް ކުރަމުންގެންދާ ފަރާތްތަކާމެދު ގެންގުޅޭ ލާއިންސާނީ އަމަލުތަކުގެ ސަބަބުބުންނެވެ.
މިގޮތުން މި ބަލި ތަހައްމަލް ކުރާ މީހުންނަކީ އަމިއްލައަށް ހެދި ގަނެގެން އުޅޭ ބައެއްކަމާއި މި ބަލި ތަހައްމަލް ކުރަން ޖެހެނީ އީމާންތެރިކުޑަވުމުގެ ސަބަބުން ކަމަށް ބުނެ އިނގިލި ދިއްކުރެވޭތަން އެބަ ފެނެ އެވެ.
މި ބަލީގައި ބޭނުންކުރާ ބޭސްތަކަކީ މުޅި އުމުރަށް ކާންޖެހޭ ބޭސްތަކެއް ކަމައް ބުނެ މި ބަލި ތަހައްމަލް ކުރާ ފަރާތްތަކަކީ ނުރައްކާތެރި ބައެއްގެ ގޮތުގައި ބުނެ އުޅެ އެވެ.
ނަފްސާނީ ބަލި މީހުންގެ ކިބައިން ފެންނާނީ ކޮން ސިފަތަކެއް
ނަފަސާނީ ބަލިމަޑުކަން ތަހައްމަލް ކުރަމުންގެންދާ ފަރާތްތަކުން އެ މީހުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ބުނެ އެހެން މީހުންނާ އެކަހެރިކޮށް އުޅެ ދިރިއުޅުން މަތިން ފޯހިވެ ދިރިއުޅުން ބޭނުންނުވާ ކަމަށް ބުނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް މި ބަލި ތަހައްމަލް ކުރާ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަންގެ ޝިކާރައަކަށްވެ އަމިއްލަ މީހާ މަރުވާ ހިސާބަށް ވެސް ގޮސް އެބަހުއްޓެވެ. މިފަދަ މީހުންނަށް މުޖުތަމައުގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބިއްޖެނަމަ މި ފަދަ މީހުން ވެސް ރަނގަޅު ކުރެވިދާނެ އެވެ.
ކޮންމެ މީހަކީ ވެސް މުޖުތަމައަށް ބޭނުންތެރި މީހެއްގެ ގޮތުގައި ބަލައިގަނެ އެއްވެސް މީހަކު ބާކީ ނުކުރަމާ ހިނގާށެވެ.