މިދިޔަ އާދީއްތަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯން ކުރިމަތިން ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާތަކެއް ފޭރެން އުޅުމުން އެކަން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ދީފި އެވެ.

ރޫޓްގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ފައިސާ ސިލޯން ބޭންކުގައި އެ ވަގުތު ސެކިއުރީޓީއަކަށް ހުރި ހަސަން މަނިކަށް ވަނީ ހަވާލުކޮށްފަ އެވެ.

ރޫޓްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ފޭރުމުގެ އެ ބޮޑު ހަމަލާ ހުއްޓުވުމުގައި މުހައްމަދު ހަސަން މަނިކު ދެއްކި ހުނަރަށް ތައުރީފު ކުރާ ކަމަށެވެ

އޭނާގެ އިތުރުން ފޭރުން ހުއްޓުވަން މަސައްކަތް ކުރި ރޫޓު ފިހާރައިގެން ތިން މުވައްޒަފުން ކުރެ ކޮންމެ މީހަކަށް އަގުވަޒަން ކުރުމުގެ ގޮތުން ވަަނީ ކޮންމެ މީހަކަށް 10،000 ރުފިޔާ ދީފަ އެވެ.

އެ ޖަރީމާ ހިންގަން އުޅުނު މީހުންގެ ފޮޓޯއާއި ވަނަވަރު މިއަދު ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.