ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ކުރީގެ މިނިސްޓަރު އުމަރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުއްވާފައިވަނީ 2015 ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓަރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރު އުމަރުއާ ވިޔަފާރީގެ ގޮތުން ގާތް ގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރުމަށް ފަހު އެވެ. އުމަރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
"އޭގެ ތެރެއިން ދެ ހިއްސާދާރުންނަކީ އުމަރު ނަސީރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ ޢުމަރު ނަޞީރުގެ ކްލޯޒް އެސޯސިއޭޓުންނެވެ. އެހެންކަމުން، ސްޓެލްވާޓަކީ އުމަރު ނަޞީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެކެވެ." އޭސީސީން ބުނެފައިވެ އެވެ.
ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ބައިވެރިވެފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
"ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ހިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތި ކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވެ އެވެ. އަދި ހަމަ އެހެންމެ، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ހަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައެއް ނުވެ އެވެ." އޭސީސީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ހަމައެއާއެކު، ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި އުމަރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަހުގީގުން ފާހަގަކުރެވެ އެވެ.
އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ހިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައި ވަނީ އުމަރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން އޭސީސީން ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500،000.00ރ. ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށް ކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަން ޖެހޭތީ ކަން މި ކޮމިޝަންގެ ތަހުގީގަށް އެނގިފައިވެ އެވެ. އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ ހޯމް މިނިސްޓަރު އުމަރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކޮބާ އެއްކަލަ ހަރުގަޑު މައްސަލަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ޢުމަރު ގެ ނިންމުން ގޯސް ކަން ފިނޭންސަށް ނޭގުނިބާ؟ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިފައިސާ ދެނީ ފިނޭންސުން. ކޮބާ އެ ވެރިންގެ ޒިންމާ.
އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ އައުޓް އޭސީސީ ރައީސް އައުޓް އިންޑިއާ
އައި ވޮނާ ގިވް ޔޫ ވައްކަން އަދި ލޫޓުވުން އޮން ދަ ޑާންސް ފްލޯރ އޯއް އޯއް ކަޅުފޮއްޓޭ ވެރިކަމަށް އައިސް ފުރަރަމަ ވެސް ކުރި ކަމަކީ އެއީ ޓީވީއެމްގެ ބޮޑަކަށް ބޮޑު ވަގަކު ލައިގެން ބަދަލުގެ ގޮތުގައި 750 މިލިއަން ރުފިޔާ ކަޅުދަބަހޭ އާއި އެކު އުޅޭ ވަގުންގެ ގޭންގަށް ދިނީއޭ އެފައިސާ އަކީ އެއީ ސީދާ ކަޅުދަބަހޭ ސަރުކާރުގެ މާލިއްޔާ ލޫޓުވާލައިގެން ރަތްރޮނގޭ ބަތާހަރާމީ ހަރާމްްކޯރޭ ގެންގުޅޭ ވަގުންގެ 65 ވަގުން ހަނގުބޭކަލުންގެ ގޯއްޗަށް ހޮވައިގެން ވައްކަން ކުރެވޭނެ ގޮތް ހަދަން އެކަން ކުރުމޭ އޯއް ވަގުންނޭ ވެރިކަމުގައި
އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު އުމަރު ނަސީރު ޒިންދާބާދު
އޭސީސީ ކޮރަޕްޓް ވަގު ރައީސް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
އޭސީސީ ކޮރަޕްޓް ވަގު ރައީސް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ