އިނގިރޭސި ވިލާތުގެ ލިވަޕޫލުގައި ބޭއްވި ޖީ7 ގެ ފޮރިން މިނިސްޓަރުންގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ ރަޝިއާ އާއި ޗައިނާއަށް އިންޒާރު ދިނުމެވެ. ޖަލްސާއަކީ އެ ގައުމުތަކުގެ އިގުތިސާދާ ބެހޭ ބައްދަލުވުމަކަށް ވިޔަސް މައްސަލަ ގަނޑެއްގެ މެދުގައި އޮތް އެ ޖަމާއަތުގެ އިގްތިސާދާ ބެހޭ ވާހަކަތަކަށް ވުރެ ގަދައަށް އިވިގެން ދިޔައީ ޗައިނާ އާއި ރަޝިއާގެ ވާހަކަ އެވެ.
މި ދެ ގައުމުގެ އިތުރުން އީރާން ވެސް އެ ލިސްޓަށް ކޮންމެވެސް ވަރަކަށް އަރައިގެން ދިޔަ އެވެ. އެމެރިކާގެ ފޮރިން ސެކްރެޓަރީ އެންތަނީ ބްލިންކަން ވިދާޅުވި ގޮތުގައި އެކަހެރި ވެގެން އުޅޭ ގައުމުތަކަށް ރަނގަޅު ފިލާވަޅެއް ދޭން ޖެހެ އެވެ. ނަން ވިދާޅު ނުވެ އެމަނިކުފާނު އިޝާރާތް ކުރެއްވީ ޗައިނާ އާއި ރަޝިއާގެ އިތުރުން އީރާނަށެވެ.
އިނގިރޭސި ފޮރިން މިނިސްޓަރު ލިޒް ޓްރޫސް ވެސް ވަނީ ރަޝިއާ އާއި ޗައިނާއަށް އިންޒަރުތަކެއް ދީފަ އެވެ.
މައްސަލައިގެ އުސް އަލިތައް:
ރަޝިޔާ
ފާއިތު ވި ދެ މަސް ދުވަހަކީ އިނގިރޭސި ވިލާތް ވެސް ހިމެނޭހެން ޔޫރަޕްގެ ގިނަ ގައުމުތަކަށް ގޭސް ލިބެން ހުރި މިންވަރު ހިސާބަށް ވުރެ މަދުވެ ގޭހުގެ އަގު އުފުލިގެން ދިޔަ ދުވަސްކޮޅެކެވެ. ސަބަބެއް ކަމަށް އެ ގައުމުތަކުން ބުނަމުން އަންނަނީ ރަޝިއާއިން ގޭހުގެ ސަޕްލައި މަދުކުރުމެވެ.
ރަޝިޔާއިން މިކަން ދޮގު ކުރި އެވެ. އެ ދަނޑިވަޅަކީ އެތަކެއް މިލިޔަން ޑޮލަރެއް ޚަރަދު ކޮށްގެން ރަޝިއާއިން ޖަރުމަނަށް އެޅި މުޅިން އާ ގޭސް ހޮޅިއެއްގެ މަސައްކަތް ނިމި އެ ހޮޅިން ގޭސް ދޫކުރަން ފެށުމަށް ބޭނުންވާ ހުއްދަ ޖަރުމަނުގެ ރެގިއުލޭޓަރުން ނުދީ މަޑު ޖައްސައިފައި އޮތް ދުވަސްވަރެވެ. އެހެންކަމުން ޔޫރަޕުން ޝައްކު ކުރަނީ ރަޝިއާއިން އެ މީހުންގެ ބޭނުންތައް ފުއްދުމަށް ގޭސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާކަމަށެވެ. މިތުހުމަތު ވެސް ރަޝިއާއިން ދޮގުކުރެ އެވެ.
ޔޫރަޕަށް ބޭނުންވާ ގޭހުގެ ގާތްގަނޑަކަށް 30 ޕަސެންޓް ގޭހަކީ ރަޝިއާއިން ސަޕްލައި ކޮށްދޭ ގޭހެވެ. އެހެންކަމުން ފިނި މޫސުމުގައި ޔޫރަޕް ކަކޫމައްޗަށް ތިރިކޮށްލުމުގެ ބާރު ރަޝިއާއަށް ލިބިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ޔޫރަޕް ރަޝިއާ އާ އިދިކޮޅަށް އެކައްޗަކަށް ވާން ގޮވާލާ އެންމެ ބޮޑު އެއްސަބަބަކީ އެއީ އެވެ. އެފަދަ ދަނޑިވަޅެއްގައި ދެން ފެތުރިގެން ދިޔައީ ރަޝިއަން ފެޑެރޭޝަންގެ ރިޕަބްލިކެއްގެ ގޮތުގައި ކުރީގައި އޮތް، މިހާރު މިނިވަން ގައުމެއްކަމަށްވާ ޔުކުރޭން ނޭޓޯއަށް ވައްދަން ޔޫރަޕްގެ ގައުމުތަކުން މަސައްކަތް ކުރާ ޚަބަރެވެ. އެހިސާބުން ރަޝިއާ އިން ޔުކުރޭންގެ ބޯޑަރު ކައިރިޔަށް ބަރުހަތިޔާރާ އެކު ލައްކައަކަށް ވުރެ ގިނަ ސިފައިން ޖަމާކުރުން ވީ، އީޔޫ އާއި އެމެރިކާއަށް މަޑުން ތިބެވޭ ފަދަ ކަމަކަށް ނޫނެވެ.
އެ ހިސާބުން ރަޝިޔާއަށް އިންޒާރު ދިނުމަކީ ކޮންމެ ދުވަހުގެ ކަމަކަށް ވެއްޖެ އެވެ. ރަޝިއާއިން ބުނާ ގޮތުގައި އީޔޫ އާއި އެމެރިކާއިން ޔުކުރޭން ނޭޓޯގެ މެމްބަރަކަށް ހަދައި ރަޝިއާގެ ބޯޑަރު ކައިރިޔަށް ނޭޓޯގެ މިސައިލްތައް ގެންނަ ތަން ބަލަން ހިމޭނުން ނުތިބޭނެ ކަމަށެވެ. އެ ހިސާބަކީ ރަޝިޔާގެ ރަތް ރޮނގު ކަމަށް ބުނެ އެ ރޮނގު ހުރަސްކޮށްފި ނަމަ ޔޫރަޕަށް ހީވެސް ނުކުރާ ފަދަ ގެއްލުން ވާނެ ކަމަށް ރަޝިއާއިން އިންޒާރު ދިނެވެ. އެ ވާހަކައަށް ރައްދު ދެއްވައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އޭނާ އެއްވެސް ގައުމެއްގެ ރަތް ރޮނގެއް ދެނެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މިހާރު ގުނެމުންދާ ކޮންމެ ދުވަހަކީ ވެސް ރަޝިއާ އާއި ނޭޓޯ އާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތް ދުވަހެކެވެ. އެކަމަށްޓަކައި ދެ ފަރާތުން ދަނީ ތައްޔާރުވަމުންނެވެ.
ޗައިނާ
ދުނިޔޭގެ އިގުތިސާދުގައި ޗައިނާ ވަނީ އެހެން ގައުމުތަކަށް އަތު ނުޖެހޭ މިންވަރަށް ކުރިޔަށް ޖެހިލައިފަ އެވެ. ޗައިނާ އިން އަޅާ ވަރަށް ކުޑަ ފިޔަވަޅަކުން ވެސް ހުޅަނގުގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާ މިންވަރަށް ހުޅަނގުގެ ގައުމުތަކުގެ އިގުތިސާދު ވަނީ ޗައިނާއަށް ބަރޯސާވެފަ އެވެ. މިކަމުން ސަލާމަތްވާން ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން ހުޅަނގުން ކުރާ މަސައްކަތްތަކަށް އަދި މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.
އެހެން ކަމުން ޗައިނާގެ އިގްތިސާދީ ކުރިއެރުން ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުން މިވަގުތަށް ޔޫރަޕާއި އެމެރިކާއަށް މުހިންމެވެ. އެކަމަށްޓަކައި ޔޫރަޕުން މިވަގުތު ކުރާ އެންމެ ބޮޑު މަސައްކަތަކީ ޗައިނާ އާއި އިގުތިސާދީގޮތުން ގުޅުން ހުރި އޭޝިއާ ޕެސިފިކް ގައުމުތަކަށް އެހީވެގެން އެ ގައުމުތަކުން ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުމެވެ. މީގެ އިތުރުން ޓައިވާން، ޗައިނާއާ ސުލްހަވެރިކަމާ އެކު ގުޅައިނުލެވެނު ނަމަ މިލިޓަރީ ބާރު ބޭނުން ކޮށްގެން ވެސް ގުޅާލާނެ ކަމަށް ޗައިނާއިން ބުނާ ވާހަކަތަށް ދެކޮޅުހަދައި ޔޫރަޕުން ގެންދަނީ ޗައިނާ އަށް އިންޒާރު ދެމުންވެ.
އެމެރިކާގެ ފޮރިން ސެކްރެޓަރީ ލިވަޕޫލްގައި ވިދާޅުވިގޮތުގައި ޗައިނާ އިން ޓައިވާނާ މެދު ހަރުކަށި ފިޔަވަޅެއް އަޅައިފިނަމަ އެމެރިކާ އިން ޗައިނާއަށް ވަރުގަދަ ރައްދެއް ދޭނެ އެވެ. ޖަވާބުގައި ޗައިނާއިން ބުނީ އެމެރިކާއިން ޗައިނާގެ މަސްލަހަތުތަކާ ބެހިއްޖެ ނަމަ ޗައިނާއިން ދޭހަމަލާތައް ދިފާއު ކުރެވޭހާ ފެންވަރު އެމެރިކާގައި ނުހުންނާނެ ކަމަށެވެ.
މައްސަލައިގެ ފަސް މަންޒަރު
ރަޝިއާ އާއި ޗައިނާއަކީ މިލިޓަރީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ދެ ގައުމެވެ. ޚާއްސަކޮށް ޗައިނާގެ އިގްތިސާދީ ފުދުންތެރިކަމާއެކު ދިފާއަށް އެ ގައުމުން ކުރާ ހޭދައާ ގާތަށް ވެސް ހޭދަ ކުރެވޭނެ ގައުމެއް މިވަގުތަކު ދުނިޔޭގައި ނެތެވެ. ރަޝިޔާ ވަނީ ހަތިޔާރު ޒަމާނީކުރުމުގެ ރޭހުގައި މާ ބޮޑަށް ވެސް ކުރިޔަށް ޖެހިލައިފަ އެވެ. އެހެން ކަމުން މި ދެ ގައުމާ އެއްފަހަރާ ދިމާކޮށް ހަނގުރާމަކޮށް މޮޅުވުމަކީ ޔޫރަޕާ އެމެރިކާއަށް ކުރެވޭނެ ކަމެއް ކަމަކަށް ނުފެނެ އެވެ. އެހެންކަމުން ތަފާތު އިންޒާރު ދިން ކަމަށް ވިޔަސް މި ދެ ގައުމާ އިދިކޮޅަށް ހަނގުރާމައެއް ފެށުމުގެ ހިތްވަރު ދުނިޔޭގެ އެއްވެސް ބަޔަކަށް މިވަގުތަކު ލިބެގެން ވާހެން ވެސް ހިއެއް ނުވެ އެވެ. އެވަރުގެ ބޮޑު އަނދަވަޅަކަށް ފުންމައިލަން އެއްބަޔަކު ވެސް ބޭނުން ވާނެ ކަމަކަށް ނުފެނެ އެވެ.
އެމެރިކާ އައުޓް ޔޫރަޕް އައުޓް ޗައިނާ އިން އެމެރިކާ ވެސް މަހަށްދޭ ޔޫރަޕް ވެސް މަހަށްދޭ އެމެރިކާ ދެން ހަލާ ޔޫރަޕް ދެން ހަލާ އެމެރިކާ އައުޓް ޔޫރަޕް އައުޓް ޗައިނާ އިން އެމެރިކާ ވެސް މަހަށްދޭ ޔޫރަޕް ވެސް މަހަށްދޭ އެމެރިކާ ދެން ހަލާ ޔޫރަޕް ދެން ހަލާ އެމެރިކާ އައުޓް ޔޫރަޕް އައުޓް ޗައިނާ އިން އެމެރިކާ ވެސް މަހަށްދޭ ޔޫރަޕް ވެސް މަހަށްދޭ އެމެރިކާ ދެން ހަލާ ޔޫރަޕް ދެން ހަލާ އެމެރިކާ އައުޓް ޔޫރަޕް އައުޓް ޗައިނާ އިން އެމެރިކާ ވެސް މަހަށްދޭ ޔޫރަޕް ވެސް މަހަށްދޭ އެމެރިކާ ދެން ހަލާ ޔޫރަޕް ދެން ހަލާ