މިއަހަރުގެ އެންމެ ބާރުގަދަ ތޫފާން ކަމުގައިވާ ގޯނީގެ އަސަރު ފިލިޕީންސްއަށް ކޮށް، އެ ތޫފާނުގެ ސަަބަބުން މިހާތަނަށް 10 މީހުން މަރުވެ ތިން މީހުން ގެއްލިއްޖެ އެވެ.

މީގެ އިތުރުން އަލްބޭ ޕްރޮވިންސްގައި ހުންނަ މެޔޮން ފަރުބަދައިގެ ހިލަތަކުންނާއި ޗަކައިން 300 އެއްހާ ގެ ވަނީ އެއްކޮށް ވަޅުލެވިފަ އެވެ. އަދި ބައެއް މީހުން ދިރިތިއްބާ ވަޅުލެވިފައިވާ ކަމުގެ ރިޕޯޓުތައް ވެސް ދަނީ ލިބެމުންނެވެ.

ބިކޮލްގެ ބައެއް އައްސޭރިފަށުގެ އަވަށްތަކުގެ ކޯރުތައް ފުރުމުގެ ސަބަބުން ފެންގަނޑު ރަށުތެރެއަށް އަރާ ފެންބޮޑުވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

މި ތޫފާނުގެ އަސަރުކޮށް މަރުވި މީހުންނާއި ގެއްލުނު މީހުން ނިސްބަތްވަނީ ބީކޯލް އަވަށަށެވެ. އޭގެ ތެރެއިން ނުވަ މީހުން މަރުވެފައިވަނީ އަލްބާ ޕްރޮވިންސްއަށެވެ.

އަލްބޭގެ ގަވަރުނަރު އަލް ފްރޭންސިން ބިޗާރާ ވިދާޅުވި ގޮތުގައި އޭނާގެ އަވަށުގައި ފެންބޮޑުވެ އެ ފެންގަޑުގެ ތެރޭގައި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖަކު އޮޔާ ގޮސްފައިވާ ކަމަށެވެ. ޑިސާސްޓާ މެނޭޖްމެންޓުން ދަނީ ރިޕޯޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. -ބީބީސީ