ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ދެކޮޅު ހައްދަވާ ހުރިހާ ލީޑަރުންވެސް ފެއިލްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ ބޮޑު ޖަރީމާއެއް ކަމަށާއި އެ ކެމްޕެއިންގައި ބައިވެރި ނުވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގޮވާލުމާ ގުޅިގެންނެވެ.
އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ ކަމަށާއި ދިވެހިން އަޅުވެތި ކަމާ ދެކޮޅު ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖޭން އިންޑިޔާ ސިފައިން ބާލާނަން. އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ. ދިވެހިން އަޅުވެތި ކަމާ ދެކޮޅު،" އުމަރު ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ ވަކި ބޭފުޅަކު, އެ ބޭފުޅެއްގެ ސަރުކާރުގަ ހިންގާފައި ހުރި އެކި ކަންކަން ފޮރުވައި މަތިއަޅަން ހިންގާ ކެމްޕޭނެއް ކަމަށެވެ. އެގޮތުން އެއީ ރައީސް ޔާމީން ގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން ވެގެން އެމަނިކުފާނު ހިންގަވާ "ޖަރީމާއެއް" ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"އެއީ ގައުމީ ކެމްޕޭނެއް ގޮތަކު އަޅުގަނޑުމެން ނުދެކެން، އެއީ ދިވެހި އިގްތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް، އެއްވެސް ވިސްނުމެއް ނެތި ކުރާ ކަމެއް، އޭގައި އެއްވެސް ރައްޔިތަކު ބައިވެރިނުވާން އަޅުގަނޑުމެން އިލްތިމާސް ކުރަން،" ނާޒިމް ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ޤައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް އުޅުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި, ހުކުރު ދުވަހުގައި ކ.އަތޮޅު ގުރައިދުއަށާއި, ތުލުސްދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު އެ މަނިކުފާނު ހުންނެވީ "އިންޑިއާ އައުޓް" ޖަހައިފައިވާ ރަތްކުލައިގެ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ.
އައްޑޫ ކައިރިއަށް 5.2ގެ ބިންހެލުމެއް: ނުރައްކަލެއް ނެތް
ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރު ކަމުން ސަރީރު ވަކިކުރަނީ
