ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޙާން، އޭނާގެ ލޯބިވެރިޔާއާއި އެކު ފޮޓޯއެއް ހިއްސާކޮށްފި އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ސުޒޭން ލޯބގެ ގޮތުން ގުޅިފައިވަނީ އަރްސްލަން ގޯނީއާއި އެވެ. ޕާޓީތަކުންނާއި ބައްދަލުވުންތަކުން އެދެމީހުން އެކީގައި ފެނުނު ނަމަވެސް، މިކަން، ސުޒޭން ނުވަތަ އޭނާގެ ލޯބިވެރިޔާ މީސްމީޑިޔާއާއި ހިއްސާކޮށްފައެއް ނުވެ އެވެ.
އެހެންނަމަވެސް އަރްސްލަންގެ އުފަންދުވަހާއި ގުޅުވައި ސުޒޭން ވަނީ އޭނާގެ ސޯޝަލް މީޑިޔާގައި ދެމީހުންގެ ފޮޓޮއެއް އާންމުކޮށްފަ އެވެ. އެ ފޮޓޯގައި އޭނާއާއި އަރްސްލަން ހިނިތުންވުމާއިއެކު ފޮޓޯއަށް ހުއްޓިލައިގެން ހުންނަ މަންޒަރު ފެނެ އެވެ. މި ޕޯސްޓު އާންމުކުރުމާއި އެކު ފޭނުން ވަނީ ސުޒޭން އޭނާ އާއި އެކު ލޯބީގެ ގޮތުން ގުޅުނުކަމަށް ޝައްކުކޮށް، ކޮމެންޓުކޮށްފަ އެވެ.
އެހެންނަމަވެސް ފޭނުންނަށް އެންމެ ބޮޑު ޔަގީންކަމެއް ލިބުނީ، ސުޒޭން ޕޯސްޓުކުރި ފޮޓޯއަށް އަރްސްލަން "ސުޒޭންދެކެ ލޯބިވާ" ކަމަށް ބުނެ ކޮމެންޓުކުރުމުންނެވެ.

އައްޑޫގެ ތަރައްގީއަށް އެހީވާން ބީއެމްއެލް ތައްޔާރު: ޝަރީފް
ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަކަށް ބޮޑުވެދާނެ: އީރާން
ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!
