މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާގެ ދަރިފުޅު ވާމިކާގެ ފޮޓޯ ނުނެގުމުން ދެމަފިރިން މީޑިޔާއަށް ޝުކުރު އަދާކޮށްފި އެވެ.
ސައުތު އެފްރިކާއަށް ފުރުމަށްޓަކައި، އެ އާއިލާއިން އެއާޕޯޓުގައި ހުރި ވަގުތު ވާމިކާގެ ފޮޓޯ ނަގަން އެސަރަހައްދުގައި ގިނަ އަދަދެއްގެ އިންޑިޔާ ނޫސްވެރިންނާއި، ފޮޓޯގްރަފަރުން އެއްވި އެވެ. އެވަގުތު ވާމިކާގެ މޫނު ނިވާނުކޮށް ހުރުމާއި ގުޅިގެން، އެ ދެމަފިރިން ވަނީ މީޑިއާއަށް ވާމިކާގެ ފޮޓޯ ނުނަގައި، ސޯޝަލް މީޑިއާގައި އާންމުނުކުރުމަށް އެދިފަ އެވެ.
އެގޮތުން އެދެމަފިރިންގެ އެދުމުގެ މަތިން މީޑިޔާއިން ވާމިކާގެ ފޮޓޯނަގައި ހިއްސާކޮށްފައެއް ނުވެ އެވެ. މިކަމާއި ގުޅިގެން އަނުޝްކާ ވަނީ އޭނާގެ ސޯޝަލްމީޑިޔާގައި އާންމުކުރި ޕޯސްޓުގައި މީޑިޔާއަށް ޝުކުރު އަދާކޮށްފަ އެވެ.
އަނުޝްކާ އާއި ވިރާޓް، އެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅުކަމަށްވާ ވާމިކާގެ އެއްވެސް މައުލޫމާތެއް ނުވަތަ މޫނު ހާމަވާ ފޮޓޯއެއް މީޑިޔާއަކަށް ހިއްސާއެއް ނުކުރެ އެވެ. އަދި އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅުގެ މޫނު ހާމަވާ ފޮޓޯއެއް ފެންނާނެ ދުވަހަކަށް ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ.
ޒުވާންކޮށް ދިނުމުގައި ގަހުގެ ބޮޑު ރޯލެއްވޭ؟
އީގަލް ހިލްސްގެ ދިފާއުގައި ނަޝީދު އުޅުއްވާތީ މައްސަލަ ބޮޑުވެއްޖެ
އަމާން ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ!
