ބަންގަލްދޭޝްއިން ރާއްޖެއަށް އަސްކަރީ އުޅަނދު ހަދިޔާކުރަން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެކަމަނާ ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ގައުމުން މީގެ ކުރިން ވެސް ރާއްޖޭގެ އަސްކަރިޔާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ބަންގްލަދޭޝްއިން ހަދިޔާކުރާ މި އަސްކަރީ އުޅަނދުތަކަކީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރާ އުޅަނދުތަކެއް ކަމަށް އެ ގައުމުން ބުންޏެވެ.
އޭގެ އިތުރުން ހަސީނާގެ މިދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގެ ތެރެއިން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ވެވޭ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހަރަދަނާވެގެންދާނެ އެވެ.

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި ނާޅާ!
ދިރާގު ޕޭ މެދުވެރިކޮށް މިހާރު މީލް ޕެކް ހަދިޔާކުރެވޭނެ
ރަމަޟާން މަހުގެ ރޯދަ ހިފާ ޣައިރު މުސްލިމުން ގިނަވަނީ!
