ވަޅޯ މަސް މާރުކޭޓުން ވަޅޯ މަސްތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިމައްސަލައިގައި ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ވަޅޯ މަސް މާރުކޭޓުން ވަޅޯ މަސްތަކެއް ނެގިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އޭނާ އެތަކެތި ވަގަށް ނަގައި ވިއްކަން އުޅުނު ކަމުގެ ތުހުމަތުކޮށްފަ އެވެ.

މިމައްސަލައިގައި ބަންދުގައި ހުރި މީހާ ވަނީ އެ ކަމަށް އިންކާރުކޮށްފައިވާއިރު، މަައްސަލައާ ގުޅުން ހުރި އެއްވެސް ކަމެއްގައި އޭނާގެ އަތެއް ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން މައްސަލައިގެ ރިޕޯޓަށް ރިއާޔަތްކޮށް، އޭނާ އެކަންކޮށްފައިވާ ކަމަށް ވަނީ ނިންމާފަ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް އެކަނިވެސް މިބާވަތުގެ 4،562 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.