އާސަންދައިގެ ހިދުމަތް ހޯދާ މީހުންނަށް ހަރަދުތަކާއި އެނޫން ވެސް ތަފުސީލް ބަލާލެވޭ ގޮތަށް "އާސަންދަ" އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.
މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު ވެސް އެ މީހަކު ހޯދާ އާސަންދައިގެ ހިދުމަތްތަކުގެ ތަފްސީލް ބަލައިލެވޭނެ އެވެ. އަދި އެމީހަކު ހޯދާ ހިދުމަތްތަކުގެ އިތުރުން، ހިދުމަތްތަކަށް ހަރަދުވާ މިންވަރު ވެސް ބަލައިލެވޭނެ އެވެ.
އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި އެޕް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
"އާސަންދަ" މޯބައިލް އެޕްލިކޭޝަނަކީ، އެމީހަކު އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ޚިދުމަތުގެ ތަފްސީލް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި ޚިދުމަތަށް ރެޖިސްޓްރީވުމުން، އެމީހަކު ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްސީލް ފެންނާނެ އެވެ. އަދި ބޭސް ސިޓީތަކުގެ ތަފްސީލްތައް ވެސް ފެންނާނެ އެވެ. މީގެ އިތުރުން އެ މީހަކު ހޯދާފައިވާ ޚިދުމަތްތަކަށް ޚަރަދުވާ މިންވަރު ވެސް ފެންނާނެ އެވެ.
އާސަންދައިން "އާސަންދަ" ޕޯޓަލް ތައްޔާރުކޮށްފައިވަނީ ޚިދުމަތްތައް ވީހާވެސް ދެފުށް ފެންނާނެހެން، ރައްޔިތުންނާ ގާތުން ދިނުމަށެވެ. އަދި ޝައްކު ކުރެވޭފަދަ ޓްރާންސްސެކްޝަނެއް ހިނގާފައިވާނަމަ، އެކަމުގެ ޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ. އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.
މީގެއިތުރުން އާސަންދަ ކުންފުނިންވަނީ، އާސަންދައިން ޚިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަ ގޮތް ވެސް ހަދާފަ އެވެ. މި ޚިދުމަތުގައި، އާސަންދައިން ހޯދި ޚިދުމަތާ، ޚިދުމަތް ހޯދި ތަނާއި ޚަރަދުވި ފައިސާގެ ޢަދަދު މެސެޖުން ލިބޭނެ އެވެ. މެސެޖް ލިބޭނީ އާސަންދަ ޚިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.
މި އެޕްގެ ޒަރިއްޔާއިން އާސައިންދައިން ހޯދާ އެކި ހިދުމަތްތަކުގެ މައުލޫމާތު، ނޯޓިފިކޭޝަންގެ ގޮތުގައި ފޯނަށް އަންނާނެ އެވެ. އަދި ހިދުމަތް ހޯދި ތަނާއި، ހަރަދުވި ފައިސާގެ އަދަދު ވެސް މެސެޖުން ލިބޭނެ އެވެ.
މި ރަސްމިއްޔާތުގައި އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަވާލުކުރައްވާފަ އެވެ.
މި ހަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ނައިބް ރައީސަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.