ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 21 ދިވެހީންނާއި 15 ބިދޭސީން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ފަސް މީހުންނެވެ.

އެ ނަތީޖާ އައީ 1،318 ސާމްޕަލް ޓެސްޓް ކުރުމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 11،737 އަށް އަރައިފައެވެ. އޭގެ ތެރެއިން 10،916 މީހަކު ވަނީ އެ ބަލިން މުޅިން ރަނގަޅުވެފަ އެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 776 މީހުންނެވެ.

މިވަގުތު އޭގެ ތެރެއިން 56 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 228 މީހުންނެވެ.

އެ ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 38 އެވެ.